ރާއްޖޭގައި ކޮވިޑް 19 ގެ ހާލަތު: : 24 ގަޑިއިރުގެ ތެރޭގައި ދެވަނަ ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.މިއީ ވޭތުވެދިޔަ އުވީސް ގަޑިއިރުގެ ތެރޭގައި ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި  ދެވަނަ މީހާއެވެ. މިއަދު ނިޔާވެފައިވަނީ  ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެއް ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ . މިއީ މިބަލީގައި ރާއްޖެން ނިޔާވި 21 ވަނަ މީހާއެވެ.

މިބަލީގައި އިއްޔެވެސް ވަނީ 67 އަހަރުގެ ފިރިހެނަކު ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު ވަނީ 15 އަށް އަރާފައިވާއިރު  ބިދޭސީންގެ ތެރެއިން މަރުވެފައިވަނީ  6 މީހެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްގެން 148 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 5223 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 2300 އަށް ވުރެ ގިނަމީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

މ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީގެ ދަރިވަރުން މީދުއަށް ޒިޔާރަތްކޮށްފި

އޮސްޓްރޭލިޔާގެ ” ލެޓްރޯބް ޔުނިވަރސިޓީ ” ގެ  ދަރިވަރުން ތަކެއް މީދުއަށް ޒިޔާރަތް ކޮށްފިއެވެ. ” ލެޓްރޯބް ޔުނިވަރސިޓީ ...

ކޮވިޑް 19 : ޒަރޫރީ ބޭނުމެއް ޖެހިގެން ގުޅުމުން އެކަން ކަމަށް އެހީތެރިކަން ފޯރުކޮށްދޭނަން- މުލިމަތި ޖަމްއިއްޔާ

ކޮވިޑް 19 ގެ ވައިރަސް މީދޫގައި ފެތުރި އެތައްބަޔަކު މިބައްޔަށް ޕޮޒިޓިވްވެ އެތައްބަޔަކު ހޯމް ކަރަންޓީންކޮށްފައިވުމުގެ ސަބަބުން ކޮވިޑްގެ ...

ހުޅުމީދޫގައި ބާއްވާ އުރަމަތީގެ ކެންސަރ އެވެއަރނެސް (ޕިންކް ރިބަން) ދުވުން – ހިގުން މާދަމާ

ބައިނަލްއަގުވާމީ ބްރެސްޓް ކެންސަރ އެވެއަރނެސް މަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޕިންކް-ރިބަން ދުވުން – ހިނގުން  މޫސުން ...