ރާއްޖެއިން އިތުރު 156 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 156 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު 3949އަށް އިތުރުވެފައިވާކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާ މީހަކާއި، ސްރީލަންކާގެ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށްރަށުންނެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 6 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2613އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1305އަށް އަރާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 72 މީހަކަށެވެ. މީގެތެރެއިން 65 މީހުންނަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދާއިރު ވެންޓިލޭޓަރު 2 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 5 މީހަކަށެވެ.
ކޮމެންޓްސް (0)