ކޯވިޑް-19 : ރާއްޖެއިން އަނެއްކާވެސް އިތުރު ދިވެއްސަކު ނިޔާވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. މި ބަލީގައި ނިޔާވެފައިވަނީ 52 އަހަރުގެ އަންހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 17 ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ ރޭ 11:20ގައި ކަމަށެވެ. އެ މީހާއަކީ މިއަދު ހަވީރު 16:00ގައި ނޭވާ ލުމުގައި ދަތިތަކެއް ދިމާވެގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19ގައި ރޭ ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 11 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ޚާއްޞަކޮށް ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 156 މީހަކަށް މި ބަލި ޖެހުނުއިރު އޭގެ ތެރޭގައި 134 ދިވެހިން ހިމެނެއެވެ. އަދި ރާޢްޖެއިން މިހާތަނަށް 3949 މީހުންނަށް މި ބަލި ޖެހިފައިވާއިރު އޭގެ ތެރެއިން 1936 މީހުންނަކީ ދިވެހިންނެވެ. މީގެ އިތުރުން މާލޭގެ އިތުރުން ރާއްޖޭގެ 10 ރަށަކުންވެސް ކޯވިޑް-19 ޖެހިފައިވާ މީހުން މިހާރު ވަނީ ފެނިފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 1305 މީހަކަށް މިހާރު ފަރުވާދެމުންދާކަމަށް އެޗްޕީއޭޢިން ވިދާޅުވެއެވެ.

މިހާރު ރާޢްޖޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް 72 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 3949 މީހުންގެ ތެރެއިން މިހާތަނަށް 2613 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. ނަމަވެސް މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 17އަށް އިތުރވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ހުށަހެޅުއްވި ރިޔާސީ ބަޔާނަށް  މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން ...

އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ގޮތުން ...

ބޭރު ޓީޗަރުންނަށް ދޭގޮތަށް އެލަވަންސްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: މެމްބަރު އަލީ ހުސައިން

ބޭރު ޓީޗަރުންނަށް ދޭގޮތައް ދިވެހި ޓީޗަރުން އިނާޔަތްތައް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެކަމަށް ރައްޔަތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ...