ހޯމް ކަރަންޓީނުގައި މީހަކު ހުއްޓަސް އެހެން މީހުންނަށް ގެއިން ބޭރަށް ދެވޭނެ

ކޮވިޑް 19 އާއި ގުޅިގެން ރަށްރަށުގެ ގޭގައި މީހުން ކަރަންޓީނު ކުރުމާއި ގުޅޭގޮތުން ކުރިން އެޗްޕީއޭއިން އާއްމުކުރި އުސޫލުގައި ހިމެނޭ ބައެއް ކަންކަމަށް  ބަދަލުގެނެސް ކަރަންޓީނު ކުރާގޭގައި ދިރިއުޅޭ  އެހެން މީހުނަށް ބޭރަށް ނިކުމުވޭ ގޮތަށް  އުސޫލަށް ބަދަލު  ގެނެސް އެ އިސްލާހު އެޗްޕީއޭއިން އާއްމުކޮށްފި އެވެ.

މާލެއިން ރަށްރަށަށްދާ ފަރާތްތައް ކަރަންޓީންކުރުމަށް ނިންމީ، މާލޭގަައި ބަލި ފެތުރިފައި ވާތީ، މިގޮތަށް ރަށަށް ދާމީހުންގެ ފަރާތުން ރަށްރަށުގައި ބަލި ފެތުރިގެން ދިޔަ ނުދިނުމަށެވެ. ރަށްރަށުގައި ކަރަންޓީންކުރުމަށް އަލަށްހެދި އުސޫލުގެދަށުން މިހާރު ވަނީ ރަށްރަށަށް މީހުން ގެންގޮސް، ގޭގޭގައި ކަރަންޓީނުކުރަން ފަށާފައެވެ. މިގޮތަށް އެންމެ ފުރަތަމަ މީހުން ގެންގޮސްފައި، ވަނީ އައްޑުއަށް، މިމަހުގެ 5ވަނަ ދުވަހުއެވެ.

އާ އުސޫލުގެދަށުން މީހުން ރަށްރަށަށް ގެންގޮސް ކަރަންޓީން ކުރަނީ ކޯވިޑް19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. މާލެއިން އެމީހުން ފުރުވާލަނީ ސިއްޙީ ހާލަތު ބެލުމަށްފަހުއެވެ. އަދި މިފަދަ މީހުން ރަށްރަށުގައި ބައިތިއްބަނީވެސް ވަކި ކޮޓަރީގައި އެހެން މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓް ނުވާގޮތަށެވެ.

އިސްލާހުތަކާއިއެކު ނެރުނު އުސޫލުގައި އެޗްޕީއޭއިންވަނީ ގޭގައި ކަރަންޓީންވާ މީހުންގެ ޒިންމާތަކަށް ބައެއް ބަދަލުތަށް ގެނެސްފައެވެ. މީގެތެރޭގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ހިމަނާފައިވަނީ، މީހާގެ ސިއްޙީ ޙާލަތު ކޮންމެ ދުވަހަކުވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޙިއްސާކުރުމެވެ. މިކަމަށްޓަކައި “ހާލުބެލުން” މި ނަމުގައި ވަނީ ޚާއްސަ ޕޯޓަލެއް ހަދާފައެވެ.
ކޮންމެ ދުވަހަކުވެސް ސިއްޙީ އާއްމު މަޢުލޫމާތު  ޕޯޓަލަށް ފޮނުވަންޖެހެއެވެ. އެގޮތުން ތާމޯމީޓަރު ބޭނުންކޮށްގެން ހުން ބެލުމާއި، އަދި އާއްމު ސިއްޙަތުގެ މަޢުލޫމާތު ޕޯޓަލަށް އަޕްލޯޑްކުރަންޖެހެއެވެ. މި މަޢުލޫމާތު ކޮންމެ ދުވަހަކު 14:00ގެ ކުރިން ފޮނުވުމަށް ވަނީ އަންގާފައެވެ.

Log in – Haalubelun

hpa

އަދި ބަލީގެ އިތުރު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ ސެންޓަރުގެ ފޯކަލް ޕޮއިންޓަށް އެމައުލޫމާތު ޙިއްސާކުރަންޖެހެއެވެ. މާލޭގައި ނަމަ 1676އަށް ގުޅައި މަޢުލޫމާތު ޙިއްސާކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގާފައެވެ.

ރަށްރަށުގައި މީހުން ކަރަންޓީންކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ކުރިން ނެރުނު އުސޫލަށް ބައެއް ބަދަލުތަށްވަނީ ގެނެސްފައެވެ. ކުރިން އާއްމުކުރި އުސޫލުގައި ބުނެފައި ވަނީ ކަރަންޓީންވާ ގެއަކީ 60 އަހަރުން މަތީގެ މީހުން ދިރިއުޅޭ ގެއަކަށްވެގެން ނުވާނެކަމަށެވެ. ނަމަވެސް އައު އެސްއޯޕީގައި ބުނެފައިވަނީ ގޭގައި 60 އަހަރުން މަތީގެ މީހުންނަށް ތިބެވޭނެކަމަށާއި، ނަމަވެސް ކަރަންޓީންގައި ހުންނަ މީހާ ކޮންމެހެން ނިކުންނަށްޖެހޭ ޙާލަތަތެއްގައި މެނުވީ ކޮޓަރިން ނުނިކުތުމަށާއި އަދި މިޙާލަތުގައި ވެސް މާސްކު ބޭނުންކުރުމާއި ގައިދުރުކަން ބަހައްޓަންޖެހޭކަމަށެވެ.

މިގޮތަށް ކަރަންޓީންކުރާ މީހުން ބައިތިއްބަން ޖެހެނީ ވަކިން ކޮޓަރީގައި، އެހެން މީހުންނާއި ދިމާވުން ވީހާވެސް ކުޑަވާނެގޮތަށެވެ. މިގޮތަށް ތިބޭއިރުވެސް އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމާއި، ކެއްސާ ކިނބިހި އަޅާނަމަ ޓީޝޫ ބޭނުންކުރުމާއި، އަދި ކަރަންޓީންކުރާ މީހާ އުފައްދާކުނި ވަކިން ރައްކާތެރިކަމާއިއެކު އުކާލަން ޖެހެއެވެ.

މިފަދަ މީހަކަށް އެއްވެސް އެހީއެއް ބޭނުންވެއްޖެނަމަ އެރަށެއްގެ ކޯވިޑް ހެލްޕް ޑެސްކަށް އަންގައިގެން ނުވަތަ މާލޭގައިނަމަ އިންސިޑެންޓް ކޮމާންޑް ޕޯސްޓްތަކަށް އެންގުމަށް ވަނީ އަންގާފައެވެ.

މިގޮތަށް ރަށުގައި ކަރަންޓީންވާން ބޭނުންވާ މީހުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި ރެޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސީހު މަޖިލިހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވައިފި އެވެ. މަސީހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ މީގެ ...

މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރު- އިބުރޭ

މީދޫގެ ވޯޓްގެ ނަތީޖާއިން އެގުނު އެއްޗަކީ މީދޫ ދާއިރާގެ ރައްޔިތުން އެމްޕީ ރޮޒެއިނާއަށް ކުރައްވާ އިތުބާރުކަމަށް ހުޅިމީދޫ ސިއްހީ ...

މަޙްމޫދުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފި

އދ.ދަނގެތީގައި މަރާލައިފައި އޮއްވާ ފެނުނު މަޙްމޫދު އަބޫބަކުުރު (57 އ) ގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެންގޮސްފިއެވެ. ...