ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރެވޭ ގޮތް ހަމަޖައްސައި އެކަމާ ގުޅޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ  (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަކީ މާލެއިން ރަށަށް ދާން ބޭނުންވާ މީހުން 14 ދުވަހަށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރުމެއެވެ. އަދި އެ މީހުން ދޫކޮށްލަނީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު، ނަތީޖާ ނެގަޓިވްވުމުންނެވެ.

އެޗްޕީއޭ އިން މިއަދު އިއުލާން ކުރި އުސޫލުގައި ބުނަނީ އެ މީހަކު ދިރިއުޅޭ ރަށަކަށް ދިއުމަށް ފަހު ގޭގައި 24 ދުވަހަށް ކަރަންޓީން ވެފައި ހުންނަން ޖެހޭނެ ކަމަށެވެ. އޭނާ ކަރަންޓީން ނިމުމަކަށް އަންނާނީ 24 ދުވަސް ފަހުން ޓެސްޓް ހަދާ ނަތީޖާ ނެގަޓިވް ވުމުން ކަމަށް އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން މާލޭގައި ތާށިވެފައި ތިބި މީހުން އެ މީހެއްގެ ރަށަށް ދިއުމަށް ދަތުރުގެ ކަންކަން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ. އަދި ރަށަށް ގެންދާއިރު އެ މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މި އުސޫލާއި އެއްގޮތަށް ރަށްރަށަށް ދިއުމަށް ކައުންސިލުގައި އެދިފައިވާ ފަރާތްތައް ކަރަންޓީންވާ ބޭނުންވާ ގެއަކީ އުސޫލަށް ފެތޭ ގެއެއްތޯ ބަލާނީ އެރަށެއްގެ ޕަބްލިކް ހެލްތް ޔުނިޓާއި ގުޅިގެން ރަށު ކައުންސިލުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރުން ކަރަންޓީން ކުރާ ގޭގައި 60 އަހަރުން މަތީގެ މީހެއް އުޅެގެން ނުވާނެ ކަމަށާއި، މާބަނޑު މީހަކު ދިރިއުޅޭ ގެއަކަށް ވެގެން ނުވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ. އަދި ނޭވާ ހިއްލުން، ކިޑްނީގެ ބަލިތައް، ހަކުރު ބަލި އަދި ހިތުގެ ބަލި ފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތެއް އުޅޭ ގެއެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކަރަންޓީން ކުރާ މީހުން ބަހައްޓަންވާނީ ގޭގައި ދިރިއުޅޭ އެހެން މީހުންނާ ވަކި ކޮޓަރިއެއްގައި ކަމަށާއި، އެއް ކޮޓަރިއެއްގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީން ކުރާނަމަ، ދެ އެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފަރާތްތައް ބޭނުން ކުރަން ވަކި ފާޚާނާއެއް ހުރުންވެސް ވަނީ ލާޒިމުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

މިއަދު ކޮވިޑް 19 އިން 111 މީހަކު ރަގަޅުވިއިރު ޕޮޒިޓިވް ވެފައިވަނީ 20 މީހުން

ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑް 19 އިން ރަނގަޅުވެ، އިތުރު  20 މީހުން ކޮވިޑް 19 އަށް ...

އިރްފާން ހާން މަރުވެއްޖެ

“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ...