މިއަދު ކޮވިޑް 19 އިން 111 މީހަކު ރަގަޅުވިއިރު ޕޮޒިޓިވް ވެފައިވަނީ 20 މީހުން

ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑް 19 އިން ރަނގަޅުވެ، އިތުރު  20 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

މިއަދު ކޮވިޑު 19 އިން ރަނގަޅުވި 111 މީހުންނާއެކު ޖުމްލަ 1،121 މީހަކު މިހާރުވަނީ ބަލިން ރަގަޅުވެފައެވެ. މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 20 މީހުން ޕޮޒިޓިވްވިއިރު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 1962 އަށް އަރާފައެވެ.  މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދިވެހިންގެ 16 މީހަކާއި، ބަންގްލަދޭޝްގެ 4 މީހެކެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދުވަނީ 553 އަށް އަރާފައެވެ. ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު އުޅެނީ 57.14 އިންސައްތައިގައެވެ. މި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު މިހާރު ކޮންމެ ދުވަހަކުވެސް އިތުރުކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ އަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދޭން ނިންމާ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އިޢުލާންކުރިތާ މާދަމާއަށް ދެހަފްތާ ހަމަވާނެއެވެ. ސަރުކާރުން ވަނީ ޕޮޒިޓިވްވާ ކޭސްތއް ދަށަށްދާނަމަ ދެވަނަ ފިޔަވަހީގެ ލުއިތައްވެސް ދޭނެކަމަށް ހާމަކުރައްވާފައެވެ. އެހެންކަމުން އިތުރަށްދޭ ލުއިތައް މާދަމާގެ ވަގުތެއްގައި އިޢުލާންކުރާނެކަމަށް ބެލެވެއެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް ކޭހެއް ރެކޯޑްކުރެވިފައިވަނީ މާރޗްމަހުގެ 7ވަނަ ދުވަހުއެވެ. ނަމަވެސް މާލެ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރިފައިވާ ޙާލަތެއް ފެނިފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. ޕޮޒިޓިވް ކޭހެއް ރާއްޖޭގައި ފެނުނުތާ މިހާރު މިވަނީ 95 ދުވަސް ފާއިތުވެފައެވެ.

ކޮވިޑް 19 އަށް  ރާއްޖޭގައި މިހާރު ފަރުވާ ހޯދަމުންދަނީ 825 މީހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 31  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ކަރަންޓީނުކޮށްފައިހުރި ގެއަކަށް ޒުވާނުން ވަދެ ނިކުމެ ހެދުމަކީ ވަރަށްދެރަކަމެއް – އަލީ ނަޒީރު

މީދޫގައި ކޮވިޑާއިގުޅިގެން ހޯމް ކަރަންޓީން ކޮށްފައިވާ ގެއަކަށް ޒުވާނުން ވަދެނިކުމެ  ހެދުމަކީ ވަރަށްދެރަކަމެއްކަމަށްބުނެ ” އަލީ ނަޒީރު ” ...

ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ބޯޑަރު ބަންދުކުރަން ނިންމައިފި

އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތައް ނިންމެވިކަން ...