ސަރުކާރުން ހުޅުމީދޫގައި ފެށުމަށް ހަމަޖެހިފައިވާ ގިނަ މަޝްރޫއުތަކެއްގެ ފެށުން މިއަދު ބާއްވާގޮތައް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ

 ސަރުކާރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަދު ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ  މީދޫ ކަޅިބިއްފަރާތުން ގިރާސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖެހުމުގެ މަސައްކަތެވެ. މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ގައެވެ.

މީދޫ ކަޅިބިތް ފަރާތުން ގިރާ ސަރަހައްދު

މިއަދު 11:00 ގައި ހުޅުމީދޫގެ މެދު ބަނދަރު ސަރަހައްދުން ކޮންނަ ބޯޓް ބޭނުންކޮށްގެން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ މިފްކޯ ބަނދަރުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު 11:30 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ތާރުއަޅައި ނިންމާފައިވާ ހުޅުމީދޫގެ ބޮޑުމަގުގެ ދެފަރާތުގައި ގަސްއިންދުމުގެ މަސައްކަތެވެ.

މިއަދު 11:45 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުދޫގައި އަލަށް ތައްޔާރުކުރަމުންދާ ބަނދަރުގައި އެލް ބްލޮކް ޖެއްސުމުގެ މަސައްކަތެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމަސައްކަތްތައް ފައްޓަވައި ދެއްވުމަށް އެމްޕީ ރޮޒެއިނާއާއި އިލްޔާސް ލަބީބުގެ އިތުރަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީގެ އިތުރަށް އައްޑޫސިޓީގެ މޭޔަރުވެސް ހުޅުމީދޫއަށް ވަޑައިގަންނަވާގޮތައްވަނީ ހަމަޖެހިފައެވެ.

advertisement
advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަރަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ސައިކަލަކާ ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފިއެވެ. ރޭ 10:00 ހާއިރު މަރަދޫ ގްލެޑްކެފޭ ...

ކަންކަން ހައްލުކޮށްގެން ކުރިއަށްދާއިރު ސަރުކާރުގެ ސްޕީޑް ލަސްކަމަށް ހީކުރެވިދާނެ- މެމްބަރު އަހުމަދު އަބްދުﷲ

ތަރައްގީގެ ސްޕީޑާމެދު ރަށްޔިތުން އުއްމީދުކުރާ މިންވަރު ބޮޑުތަން މަތިވިޔަސް މުޅި ރާއްޖެ ގަޑުބަޑުކޮށްފައި އޮތުމުން ހުރިހާކަމެއް ހައްލުކޮށްގެން ކުރިއަށްދާއިރު ...

ފަލަސްތީން ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ގުނޫތު ކިޔަން ނިންމަވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އިސްލާމިކް ...