ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. ޖަރުމަން ލީގުގެ ކުޅުންތެރީން ކޮވިޑް19 އަށް ޕޮޒިޓިވް މިވީ މާރޗްމަހުގެ މެދުތެރޭގައި ހުއްޓާލި ލީގުގެ ކުޅުން އަލުން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.

ލީގުގެ ކުޅުން މިމަހުގެ ފަހުކޮޅު ފެށުމަށް ޓީމުތަކުން އަންނަނީ ފަރިތަކުންތައް ފަށާފައެވެ. ހުރިހާ ކުލަބަކުން ކުޅުންތެރީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްފަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން ސަރުކާރުން ދެކޮޅު ނަހަދާނެކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލް ކުރެއެވެ. މިކަން ކުރުމަށް ޖަރުމަނުގެ ދެޑިވިޝަންގެ ހުރިހާ ކުޅުންތެރީން ކޮވިޑް 19 އަށް ޓެސްޓްކުރިއިރު 10 ކުޅުންތެރިއަކުވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

މީގެ ދެދުވަސްކުރީން ޖަރުމަން ބުންޑަސްލީގާގެ ކްލަބް ކޯންގެ ތިންކުޅުންތެރިއަކުވެސްވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. ބައެއް ކުޅުންތެރީން ޕޮޒިޓިވްވިކަމުގައިވިޔަސް އިޖުތިމާއީ ގައިދުރުކަމުގެ މިންގަޑުތަކަށް އަަމަލުކޮށް ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ...

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ...

ސިޓީއަތުން މޮޅުވެ ޔުނައިޓެޑް މުބާރާތުން ކަޓާ ސިޓީ ފައިނަލަށް

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މެންޗެސްޓަރ މޮޅުވިކަމުގައިވިޔަސް  ޔުނައިޓެޑް މުބާރާތުން ކަޓާ މެންޗެސްޓަރ ...