އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން މެންޗެސްޓަރ މޮޅުވިކަމުގައިވިޔަސް  ޔުނައިޓެޑް މުބާރާތުން ކަޓާ މެންޗެސްޓަރ ސިޓީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ސިޓީގެ ދަނޑުގައި ބައްދަލުކޮށް ކުޅުނު މެޗުން 1 ލަނޑު 0 ލަނޑުން މެންޗެސްޓަރ މޮޅުކަމުގައިވިޔަސް މިދެޓީމް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗުން ސިޓީ މޮޅުވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. އެހެންކަމުން ސިޓީ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ރޭ ސިޓީއާއި މެންޗެސްޓަރ ބައްދަލުކުރި މެޗްގައި މެންޗެސްޓަރއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ  މަޓިޗް އެވެ. މިޓިޗް ކާމިޔާބުކޮށްދިން މިލަނޑަކީ ޔުނައިޓެޑްއަށް ލިބުނު ހިލޭ ޖެހުމުގައި   ފްރެޑް ފޮނުވާލި ބޯޅައެއް  ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މާޗް އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ސިޓީ ބައްދަލުކުރާނީ އެސްޓަން ވިލާއާ އެވެ. އެސްޓަން ވިލާ ފައިނަލަށް ދަތުރުކުރީ ސެމީގައި ލެސްޓާ ސިޓީ ބަލިކުރުމަށް ފަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 – ރޭ ކުޅެވުނު ތިން މެޗް ކާމިޔާބުކުރީ އިންގެލެންޑް ، އޮސްޓްރިއާ އަދި ނެދަލެންޑްސް

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީފައިނަލްގައި އިންގްލެންޑް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކްރޮއޭޝިއާ މައްޗަށް ޔޫރޯ ...

އާސެނަލްގެ މައްޗަށް ސްވެންސީ އިން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާ ވާދަކޮށް 3-1 އަކުން މޮޅުވެ ސްވެންސީ ސިޓީ ރެލިގޭޝަން ޒޯނުން ...

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ...