ސިޓީ ހޮޓާތަކަށާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު އެޗްޕީއޭ އިން ވަނީ ދެ ހަފްތާގެ މުއްދަތަކަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަަކާއި ސިޓީ ހޮޓާތަކަށް މީހުން ގެނައުން މަނާކޮށްފަ އެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއަދު ނެރުއްވި އެންގުމެއްގައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ހުރި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބޭރުގެ ޓޫރިސްޓުން ގެނައުން ހުއްޓާލުމަށް އަންގައިފަ އެވެ.

މިއާއެކު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހިންގާ ޓޫރިސްޓު ހޮޓާ، ގެސްޓްހައުސްތަކަށް ބޭރުގެ ފަތުރުވެރިން ނުގެންދެވޭނެ އެވެ. ނަމަވެސް މިހާރު ތިބި ފަތުރުވެރިންނަށް އެމީހުން ބުކިން ހަދާފައިވާ މުއްދަތު ހަމަވަންދެން ގެސްޓްހައުސް ތަކުގައި ތިބެވޭނެ ކަމަށް އެންގުމުގައިވެ އެވެެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ 30 ދުވަހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިގެންވެ އެވެ. ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން އެންގީ އެ ބާރުގެ ދަށުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ...

ސަރުކާރުގެ ޤާބިލުކަން ފެނި ހަމަ ޖޭވަނީ : ރޮޒައިނާ

ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ ގިނަ މަސައްކަތް، ކޮވިޑުގެ އެއް އަހަރުތެރޭގައި މި ސަރުކާރުން ކޮށްފައިވާތީ ...

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ނަޝީދު އިއުލާނު ކުރައްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ...