ސަރުކާރުގެ ޤާބިލުކަން ފެނި ހަމަ ޖޭވަނީ : ރޮޒައިނާ

ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ ގިނަ މަސައްކަތް، ކޮވިޑުގެ އެއް އަހަރުތެރޭގައި މި ސަރުކާރުން ކޮށްފައިވާތީ އިދިކޮޅު ކޯލިޝަނުން ”ޖޭ ވަނީ“ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަރ ޑްރޯކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓައިލައިފައި އޮތް އޮތުން އެއް އަހަރުގެ މުއްދަތަށް އިތުރުކުރާން މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެމްބަރުން ދެއްކެވި ވާހަފުޅުތަކަށް ރައްދުދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

” ޕީޕީއެމްގެ މެމްބަރުން މިއަދު މިދައްކާ ވާހަކައަށް ޒުވާން ކުދީން ބުނެއުޅޭނީ ޖޭވުމޭ – މިކޮވިޑްގެ ހާލަތުގައި ދުނިޔޭގައި އެންމެ ރަގަޅަށް އިގުތިސާދު މެނޭޖް ކުރި އެއްގައުމު ކަމުގައި މުޅިދުނިޔެއިން ހެކިވާ އެއްގައުމު ދިވެހިރާއްޖެއަކީ – މިބޭފުޅުން ދައްކަމުންދިޔަވާހަކަތަކާ މިބޭފުޅުން ވާނެކަމަށް ހީކުރިގޮތްތައް މިއަދު ކަންތައްތައް ނުވީމާ  ޖޭވަނީ – ހިންގަން ފަށާފައިހުރި އެއްވެސް ޕްރޮޖެކްޓެއް ކޮވިޑްގެ ތެރޭގައިވެސް މިސަރުކާރުން ހުއްޓާނުލާ ކުރިއަށް ގެންދިޔަ  – އެހެންވީމާ ހަމަޖޭވަނީ – އިއްޒަތްތެރި ރައީސް ، ޖޭވާވަރުވޭ އިގޭތޯ – މިސަރުކާރު އައިތާ ދެއަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތް ކޮވިޑްގެ 1 އަހަރާ އެކީގައި މިސަރުކާރުން ކޮށްފައިވާތީވެ ހަމަ ޖޭވަނީ – 

މިހާރު ކޮރަޕްޝަންގެ އިންޑެކްސްއަށް ބެލިކަމުގައިވިޔަސް ދިވެހިރާއްޖެވަނީ އެތައް ކާމިޔާބީއެއް ހޯދާފައި- އަދި ނޫސްވެރިންގެ މިނިވަންކަމަށް ބެލިކަމުގައިވިޔަސް އެތައް ކާމިޔާބީއެއް ވަނީ ހޯދާފައި – މިއޮތްބޮޑު ކޮވިޑްގެ ތެރޭގައި ސިވިލްސާވިސްގެ އެއްވެސް ވަޒީފާއަކުން މީހަކު ވަކިކޮށްފައިނުވާނެ – ޕްރައިވެޓް ސެކްޓަރގެ މީހުންނަށް ދޭންޖެހޭ ސަޕޯޓް ދެމުން ކިޔަވާކުދީންނަށް ދޭންޖޭ ލޯންތައް ދެމުން އަދި ހިލޭ ޑިގުރީއަށް ކިޔަވާ ދެމުން މިދަނީ – އެއްވެސް ކަމެއް މިސަރުކާރުން ހުއްޓާލާފައިނުވޭ – “

މަޖިލިހުގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވެރފައިވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންގެ މައްސަލަ އެންއައިސީއަށް

ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް ...

މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހާއާއި ސީދާ ދިމާވި މީހެއްކަމަށް ...

ތައިލެންޑްގައި އެކްސިޑެންޓްވި ހުޅުދޫ އަހުމަދު ސައީދު ނިޔާވެއްޖެ

ތައިލެންޑުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ސ. ހުޅުދޫ ވައިޖެހޭގޭ އުމުރުން 44 އަހަރުގެ ...