އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ނަޝީދު އިއުލާނު ކުރައްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ އެތެރޭގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މީގެ ކުރިން ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ޕާޓީގެ ބައެއް އިސް ބޭފުޅުންނާއިއެކު ވަކިން ވަޓްސްއެޕް ގުރޫޕެއް ހައްދަވައިގެން ކެމްޕޭނުގެ މަސައްކަތް ކުރައްވަމުން ގެންދެވިކަން ވަނީ ހާމަވެފައެވެ.

ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަ ކުރައްވާނެކަން ރައީސް ނަޝީދު އިއުލާނު ކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފައިވާއިރު މީގެ ކުރިން ރައީސް ޞާލިޙް ވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފައެވެ. ނަމަވެސް ރައީސް ޞާލިހުވެސް އަދި ރަސްމީކޮށް ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައެއް ނުވެއެވެ.

އެމްޑީޕީން މިހާރުވަނީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދުގެ ވެރިކަމުގައި ޤައުމަށް ނުރައްކާތެރި 3 ހާލަތެއް ކުރިމަތިވި- މިނިސްޓަރ ނާޒިމް

ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ތިން ޙާލަތު ރާއްޖެއަށް ކުރިމަތިވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ...

ޔޫރޯ 2020 : ހަންގޭރީއާ އެއްވަރުވެ ޖަރުމަނު ގަދަ 16 އަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ އެއްވަރުވެ ގްރޫޕް އެފްގެ ދެވަނަ ޓީމަކަށް ހޮވި ޖަރުމަނު ގަދަ 16 ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ސަވާ ކާމިޔާބުކޮށްދިން ގިނަ ޕޮޓުތަކުން ފެނަކަ ޓީމު އެޓީމުގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި މިހާރު ކުރިއަށް ދާ ނެޓްބޯޅަ މުބާރާތުގައި ޓީމް ފެނަކަ ...