ހީނާ އެކެޑެމީ ޓީމްގެ ކޮޅަށް ހުޅުމީދޫ އީޓީއެފްއޭ ޓީމުން 8 ލަނޑު ޖަހައިފި!

ފޯވާރޑް ރަޔަން ޖެހި ހަތަރު ގޯލާއި ކެޕްޓަން ސަހާފް ހެދި ހެޓްރިކާ އެކު މާލޭގައި ކުރިއަށް ގެންދާ ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމާއި މީދޫގައި ކުރިއަށްގެންދާ އީޓީއެފްއޭ ހުޅުމީދޫގެ 16 އަހަރުން ދަށުގެ ޓީމާއި ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗު  ހުޅުމީދޫގެ އީޓީއެފްގެ ޓީމް ކާމިޔާބުކޮށްފިއެވެ.

ހީނާ އެކެޑެމީގެ 14 އަހަރުން ދަށުގެ ޓީމް

މާލޭގައި ހިންގާ ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމާއި މީދޫގައި ކުރިއަށްގެންދާ އީޓީއެފްއޭ ހުޅުމީދޫގެ 16 އަހަރުން ދަށުގެ ޓީމާއި ދެމެދު މިދިޔަ ހުކުރުދުވަހު ކުޅެވުނު މިމެޗްކީ މީދޫގައި ހިންގާ އީޓީއެފްއޭގެ 6 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅެވުނުމެޗެކެވެ.

ހީނާ އެކެޑެމީގެ 14 އަހަރުން ދަށުގެ ބައެއް ކުޅުންތެރީން

މިމެޗްގައި އީޓީއެފް ހުޅުމީދޫޓީމުން ކާމިޔާބުކުރި 8 ލަނޑުގެ ތެރެއިން 4 ލަނޑު ރަޔަން ކާމިޔާބުކޮށްދީފައިވާއިރު ސަހާފްވަނީ 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ އަނެއްލަނޑު ކާމިޔާބުކޮށްދިނީ ފަހުހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާއިޝްއެވެ.

މިމެޗުން 8 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ހިނާ އެކެޑެމީގެ ޓީމް ބަލިވިޔަސް އެޓީމުގެ ކުޅުންތެރީން ރަގަޅު ގޭމެއް ކުޅެން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިމެޗްގައި ޚާއްސަ މެހްމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން މިމެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ގައުމީޓީމްގެ ކުރީގެ ކެޕްޓަން އިމްރާނެވެ. އަދި މީގެ އިތުރަށް މާލެން އައިޓީމްގެ އޮފިޝަލެއް ގޮތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އަހްމަދު ސަލީމް (ބޮޑު ހީނާ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހީނާއެކެޑެމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަޓީމް މީދޫގައި ކުރިއަށް ކުރި ޒިޔާރަތަށްފަހު އިއްޔެ މެންދުރުފަހުވަނީ މާލެގޮސްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...

ކުއާޓާ ފައިނަލްގައި ގައުމިއަންސްއާއި ޒެފިޔާ ، ލޮތާރިއާއި އެސްކޭޕީ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ

ހުވަގު ޖަމްއިއްޔާއިން ހުޅުދޫގައި ކުރިއަށް ގެންދާ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖެ ” ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ...

ފޭދޫ ރޮއްވާލުމަށްފަހު މަރަދޫ ފައިނަލަށް

މިހާރު މީދޫގައި ހިގަމުންދާ އައްޑޫސިޓީ އަންޑަރ 20 ޔޫތު ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ފޭދޫޓީމް ރޮއްވާލުމަށްފަހު ...