ވިޝަލް މިނިވަންކަޕް 2019 ގައި ހެދި 2 ވަނަ ހެޓްރިކާއެކު 5-4 ން ރިއަލް އޭޓީ އަތުން ގައުމު މޮޅުވެއްޖެ އެވެ.
ހުޅުދޫ ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު ފެށިގެން ގައުމުން ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ 10 ވަނަ މިނެޓްގައި ވިޝަލް ގައުމަށް ލީޑް ނަގައިދީ ގޯލް ހުޅުވާލަދިންއިރު އޭގެ 3 މިނެޓް ފަހުން ގައުމުގެ އަކުރަމް އަބްދުއްރަޝީދު ވަނީ ގައުމުގެ 2 ވަނަ ގޯލް ޖަހާ ލީޑު ފުޅާކޮށްދީފައެވެ.
ގައުމުގެ ގެ 3 ވަނަ ގޯލަކީ މެޗްގެ 16 ވަނަ މިނިޓްގައި ވިޝަލް ބޮލުންޖަހާ ފޮނުވާލި ބޯޅައެއް އޭޓީގެ ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދީފައިވާ ލަނޑެވެ.
އޭޓިން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ރަމީޒު ކާމިޔާބުކޮށްދީފައިވާއިރު ފުރަތަމަ ހާފްގައި ގިނަ ވަގުތެ ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ގައުމުން މިމެޗްގައި ކާމިޔާބުކުރި 4 ވަނަ ލަނޑަކީ ރަނގަޅު ފޯމުގައި ކުޅެމުންދިޔަ ގައުމުގެ ވިޝަލް އޭޓީގެ ގޯލާދިމާއަށް ފޮނުވާލި ބޯޅައެއް އޭޓީގެ ރަމީޒުގެ ފައިގައިޖެހިފައިގޮސް ގޯލަށް ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ. އެެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރީން އޭޓީން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-2 އަށް ބަދަލުކޮށްދިނީ އެޓީގެ މުހައްމަދު ޝިޔާމެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ ހަތަރެއް ދޭއްގެ ނަތީޖާއިން ގައުމު އެފްސީ ކުރީގައި އޮވެގެންނެވެ.
ގައުމުން މިމެޗުގައި ކާމިޔާބުކުރި 5 ވަނަ ލަނޑު ފަހުހާފްގެ ކުޅުމުގައި ކާމިޔާބުކޮށްދީ މިމެޗްގައި ހެޓްރިކްހަދާފައިވަނީ އެޓީމުގެ ވިޝަލްއެވެ. އެހެން ނަމަވެސް ފަހުހާފުގެ ފަހު 10 މިނިޓްކުޅުމުގައި އޭޓިން ވަރަށްކައިރިކައިރީގައި 2 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 5-4 އަށް ބަދަލުކުރިއެވެ. މިގޮތުން އޭޓީގެ 3 ވަނަ ލަނޑު އިނާން ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ޝިޔާމެވެ.
މިމެޗުން ގައުމު މޮޅުވުން އެޓީމަށް 3 މެޗުކުޅެގެން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 7 ޕޮއިންޓްވަނީ ލިބިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިމެޗްގައި ގައުމަށް 3 ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހެދި ވިޝަލް އެވެ. ވިޝަލް މިމެޗްގައި ހެޓްރިކް ހަދާފައިވާއިރު ގައުމު ކެނެރީފާއި ބައްދަލުކޮށް ކުޅުނުމެޗްގައިވެސް ވިޝަލްވަނީ ހެޓްރިކްހަދާފައެވެ.
ކޮމެންޓްސް (0)