މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފި

އިރުޝާދިއްޔާ ސްކޫލްގެ ފޯވާޑް މުހައްމަދު މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފިއެވެ.

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  މިއަދު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުން އިރުޝާދިއްޔާ ސްކޫލް ޝަރަފުއްދީން ސްކޫލް ވާދަކޮށް  މޮޅުވީ 7 ލަނޑު 0 ލަނޑުންނެވެ.

މިމެޗު ފަށައިގެން އިރުޝާދިއްޔާ ސްކޫލުން ފުރަތަމަ ލީޑު ނެގީ 4 ވަނަ މިނެޓްގައި ހަސަން ހައިޒަމް ޝަރީފު ކާމިޔާބުކޮށްދިން ލަނޑުންނެވެ.  އިރުޝާދިއްޔާ ސްކޫލްގެ ދެވަނަ ލަނޑު 15 ވަނަ މިނިޓްގައި މުހައްމަދު މަމްލޫކު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު 37 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ތަމާމް ޝާހިދެވެ. އިރުޝާދިއްޔާ ސްކޫލް 4 ވަނަ ލަނޑާއި 5 ވަނަ ލަނޑު 38 ވަނަ މިނިޓާއި 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީގެން މަމްލޫކް ވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ.  އެޓީމުގެ 6 ވަނަ ލަނޑު ހަސަން ޒައިދާން މުހައްމަދު އަލީ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 7 ވަނަ ލަނޑު މެޗްގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދީފައިވަނީ އިސްމާއީލް ސިއާން ފަތުހީއެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި 5 ޓީމަކުން ބައިވެރިވެފައިވާއިރު މިއުމުރުފުރައިގެ މެޗްތައް ކުޅެމުންދަނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭގޮތަށެވެ.

  • ކޮމެންޓްސް (2)

  • އައިކާޒް

    ޝަރަފުއްދީން ސްކޫލްޓީމުން އިރުޝާދިއްޔާއަށް މެޗް ދޫކުރީ – މިމައްސަލަ މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން ބަލާފައި ޝަރަފުއްދީން ސްކޫލްޓީމާ މެދު ފިޔަވަޅު އަޅަންޖެހޭނެ

  • އަހުމަދު

    ކުޅިވަރުގެ ރޫހާއި ޚިލާފަށް ޝަރަފުއްދީން ސްކޫލުން އިރުޝާދިއްޔާއަށް މެޗްދޫކުރީ – މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން – އަދި މިކަން ތަހުގީގުކޮށް ބަލާ އެޓީމާމެދު ފިޔަވަޅު އަޅަންޖެހޭނެ- އަތޮޅުމަދަރުސާގެ 14 އަހަރުން ދަށުގެ ޓީމަށްވެސް ޝަރަފުއްދީން މުބާރާތުން ކެޓުވުމުގެ ބާރު އޮތް – އެކަމަކު އެޓީމުގެ އޮފިޝަލުންނާއި ކުޅުންތެރީން ބޭނުން ނުވި އެގޮތައް އެކަން ކުރާކަށް – އެހެން ނޫންނަމަ ޝަރަފުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެ ޓިމަކަށް ފައިނަލަށް ނުދެވޭނެ .

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

މިނިވަންކަޕްގެ ސެމީފައިނަލްމެޗްތައް މިރޭ ކުޅެވޭނެއެވެ. މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ކޮމިއުނިޓީ ވިތްއައުޓް ...

ޔޫތު ޗެލެންޖް ކަޕް 2020 – އެފްސީ ބަސްޕާކް ބަލިކޮށް އަމީގޯސް ފައިނަލަށް

9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ބަސްޕާކް ބަލިކޮށް އެފްސީ އަމީގޯސް ޔޫތު ޗެލެންޖާސް ކަޕް 2020 ...

އައްޑޫގެ ސްކޫލްތައް ބަންދުކޮށްފި

އައްޑޫ ސިޓީގެ ސްކޫލްތައް ދެހަފްތާގެ މުއްދަތައް ބަންދުކުރަން ނިންމައިފިއެވެ. ކޮވިޑް 19 އާއި ގުޅިގެން އައްޑޫ އިމަޖެންސީ އޮޕްރޭޝަން ...