ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފި

މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ.

އިއްޔެ  ހަވީރު މީދޫ ރެސިޑެންސް ކަންމަތިން   ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވަން އިނީ  18 އަހަރުގެ ފިރިހެން ކުއްޖެކެވެ.  އަނެއް ސައިކަލް ދުއްވަން އިނީ 60 އަހަރާ ގާތް ކުރާ އުމުރުގެ ފިރިހެނެކެވެ.

މިއެކްސިޑެންޓް ހިގާފައިވަނީ ފިނިހިޔާމަގުން އިރުން ހުޅަގަށް 18 އަހަރުގެ ފިހެން ކުއްޖާ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލް ފެންނާމަގުން ދެކުން އުތުރަށް 60 އަހަރާ ގާތްކުރާ ފިރިހެން މީހާ ދުއްވާފައިދިޔަ ސައިކަލްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައިވަނީ 60 އަހަރާ ގާތްކުރާ ފިރިހެން މީހާއަށެވެ. އެމީހާގެ ކޮނޑުކަށިގަނޑުގައި ރެނދެއްލާފައިވާއިރު ބައެއް ތަންތަން މަށައިގެންގޮސް ބޮލަށްވެސް އެކިވަރުގެ ގެއްލުންވަނީ ލިބިފައިވެ .

އެ ފިރިހެން މީހާއަށް ހުޅުމީދޫ ސިއްހީމަޒުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށްޓަކައި ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާއިރު މިއެކްސިޑެޓްގައި އަނިޔާ ލިބުނު ފިރިހެންކުއްޖާއަށް ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.

މިއެކްސިޑެންޓްގައި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(23 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ނިންމުން: މަތީގައި ބަލައިލެވިފައިވާ ދިރާސާ ލިއުންތަކުން ހާމަވާ ...

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ...

ކޮވިޑް 19- އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވެފައިވަނީ 7 މީހުން

އައްޑޫ ސިޓީއިން މިއަދު އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ސިޓީއިން މިއަދު ޕޮޒިޓިވްވި ...