އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކުން  ހޯމަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު   ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 10 މީހުންގެ ތެރޭގައި ހިމެނެނީ 9 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިޓވްވި 8 މީހަކާއި ފޭދުން ޕޮޒިޓިވްވި މީހަކާއި ޝަންގްރިއްލާ ޕޮޒިޓިވްވި މީހެކެވެ.

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން އާދީއްތަ ދުވަހުގެ  އިރުއޮއްސި ހަޔަކުން ހޯމަ ދުވަހުގެ އިރުއޮއްސި ހަޔަކާއި ހަމައަށް 17 މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 10 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 239 އެވެ. އެއީ ހިތަދޫގައި ތިބި 168މީހަކާއި މަރަދޫގައި ތިބި 14 މީހަކާއި މަރަދޫފޭދޫގައި ތިބި 18 މީހަކާއި ފޭދޫގައި ތިބި 36 މީހަކާއި ހުޅުދޫގައި ތިބި 2 މީހުންގެ އިތުރަށް ޝަންގްރިއްލާއިން 1 މީހުންނެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1783 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1540 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރުމަށް މިނިސްޓްރީގެ ފެންވަރުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ ...

ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއްވެސް ނޫން: އުގެއިލް

  ދިވެހިރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއް ނޫންކަމަށް މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. ...

ކަރަންޓުގެ އަގުހެޔޮކުރުމަށް ޑީސެލް އިން ޑިއުޓީކަނޑާލަން މުސްޠަފާ އިސްލާހެއް ހުށަހަޅުއްވައިފި

މަސްވެރިންނަށް އަގުހެކޮށް ޑީސެލް ފޯރުކޮށްދިނުމަށާ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ...