އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކު- ނިހާދު

އައްޑޫސިޓީން އެމްޑީޕީއަށް ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި  މެޖޯރިޓީ ދިނީ އައްޑޫސިޓީއަށް ހައްގު މިންވަރު ހޯދާ ދިނުމަށްކަމަށާ އެކަން ނުވެއްޖެނަމަ އެއީ ރަށްޔިތުން ވަރަށްބޮޑަށް މާޔޫސްވާނޭކަމެއްކަމަށް ފޭދޫދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ.

ނިހާދު މިހެން ވިދާޅުވީ ސަންގުޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަންގުޓީވީގެ ޚަބަރުގެ ފަހުން  ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކުގައި ކަމަށެވެ. އެކަން ފުރިހަމަ ނުވެއްޖެނަމަ އޭނާއާއި މުޅި އެމްޑީޕީވެސް ފެއިލްވާނެކަމަށް ގަބޫލް ކުރައްވާކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އައްޑޫސިޓީއަކީ ޒަމާނުއްސުރެ ރަށްޔިތުން ބޭނުންވި މިންވަރަށް ތަރައްގީކުރުމުގައި ސަރުކާރުތަކުން އިހުމާލުވެފައިވާ ތަނެއްކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫސިޓީއަށް މުހިއްމު އެތައް ޕްރޮޖެކްޓްތަކެއް ގެނެސްދެއްވިކަމަށް ނިހާދު ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން އައްޑޫސިޓީގެ ޕްރޮޖެކްޓްތަކެއް ހިންގިނަމަވެސް އެކަށީގެންވާ ބާރުމިނެއްގައި އެޕްރޮޖެކްޓްތައް ހިންގާފައިނުވާއިރު އެފަރާތުން މަސައްކަތްކުރީ ކޮރަޕްޝަނާ ފަސާދަ އައްޑޫގައިވެސް ފަތުރަންކަމަށް ނިހާދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެމްޑީޕީން މަސައްކަތްކުރާނީ އައްޑޫސިޓީ އެދޭ ހަގީގީ ތަރައްގީ ގެނެސްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް

ހުޅުމީދޫގައި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއެއް އެޅުމަކީ ކުންފުނީގެ ތާރީހުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުން ބޮޑު އެއް އިންވެސްޓްމަންޓް ...

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 74 މީހުން

ރާއްޖެއިން އިތުރު 74 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި ...

“މަގެ ދީނާ، މަގެ ޤައުމާ ނުކުޅެއްޗޭ” މިޝިއާރުގެ ދަށުން އައްޑޫސިޓީގައި ގައުމީ ހަރަކާތެއް ބާއްވަނީ

“މަގެ ދީނާ، މަގެ ޤައުމާ ނުކުޅެއްޗޭ” މިޝިއާރުގެ ދަށުން އައްޑޫސިޓީގައި ބާއްވާ ވަރަށް ޚާއްސަ ގައުމީ ހަކާތެއް މިއަދު ...