ރިޔާސީ އިންތިޚާބާއި ދިމާކޮށް 100އަށްވުރެ ގިނަ މީހުންނަަށް ފެނަކައިން ވަޒީފާ ދިން

Advertisement

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގާތްވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަނަށް ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އައި ފަހުން ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކައިގެ އިސްވެރިން ހާޒިރުކޮށް މިއަދު ވަނީ ސުވާލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ގާތްވެފައި ވަނިކޮށް 170 މީހަކު ފެނަކައިގެ ވަޒީފާއަށް ވައްދާފައިވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް 82 މީހަކު ވަޒީފާއިން އޭރު ވަކިކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ފެނަކައިގެ 14 ރީޖަނަލް އޮފީހެއް ވަނީ އުވާލައިފައެވެ. އެ އޮފީސްތައް އުވާލިއިރު އެތަންތަނުގައި ޖުމްލަ 84 މުވައްޒަފުން ތިބި ކަމަށާއި އޭގެތެރެއިން 14 މީހަކު ކަނޑާލައިފައިވާ ކަމަށ. އަދި ބާކީ ތިބި 70 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަނޑާލި 14 މުވައްޒަފުންނަށްވެސް ދޭންޖެހޭ ހުރިހާ އިނާޔަތްތަކެއް ދީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ 14 މުވައްޒަފުން ކަނޑާލީ ކީއްވެގެން ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

ސަޢީދު ވިދާޅުވި ގޮތުގައި ފެނަކައިގެ ބައެއް ރީޖަނަލް އޮފީސްތައް އުވާލުމުން އަހަރެއްގެ މައްޗަށް 14 މިލިއަނެއްހާ ރުފިޔާ ފެނަކައަށް ސަލާމަތް ކުރެވޭ ކަމަށެވެ.

ރައީސް ޞާލިޙުގެ ސަރުކާރު އައިފަހުން މިހާތަނަށް ފެނަކައިގެ ވަޒީފާއިން ވަކިކޮށްފައި ވާނީ 53 މުވައްޒަފުން ކަމަށާއި އޭގެތެރެއިން 11 މުވައްޒަފުންނަކީ ކުންފުނީގެ މުދަލާއި ފައިސާ އަށް ޚިޔާނަތްތެރިވި ކަމުގެ ތުހުމަތުކުރެވޭ މުވައްޒަފުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ބާކީ ތިބި 42 މުވައްޒަފުން ވަކިކުރީ ވަޒީފާ އަށް ހާޒިރު ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދަރު: ޕީއެސްއެމް

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް ...

ޖަމްބޭގެ ޕޯލް- ވޯޓް ދެއްވި ގިނަ ބަޔަކު ވައްސޭ އަމިއްލަ ގޮތުން ވާދަކުރުމަށް ވޯޓް ދެއްވައިފި

މީދޫ ދާއިރާއިން ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން 2 ވަނައަށް ...

ފަލަސްތީނަށް އެހީވުން- އައްޑޫ ޒުވާނަކު ކުޑަ ކަންނެލި އެއް 12،000 ރުފިޔާއަށް ގަނެފި  

އައްޑޫ ސިޓީ ފޭދޫގައި، ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން  ކުރިއަށް ގެންދިޔަ މަސްބޭނުމުގެ ހަރަކާތުގައި ބޭނި  ކުޑަ ކަންނެލިއެއް ...