ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް އިނަ މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވީ، އަންނަމަހުގެ ފަހުކޮޅު ފްލައި ދުބާއީގެ ދަތުރުތައް ހުއްޓާލި ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށްވެގެން ނުދާނޭ ކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލުމާއިއެކު، އޭގެ ބަދަލުގައި ރާއްޖެއަށް އުދުހުންތައް ބާއްވާނީ، އެ އެއަރލައިނާ ކޯޑު ޝެއަރ ކުރަމުން އަންނަ އެމިރޭޓްސް އެއަރލައިނުންނެވެ.

އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ގެންދަނީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ފިރާގް ވިދާޅުވީ، ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސް އެއަރލައިންގެ އުދުހުންތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވާނެކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ، މީގެ 5 އަހަރު ކުރިންނެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ.

ފްލައި ދުބާއީ އާއި އެމިރޭޓްސް އެއަރލައިން ތަފާތު ދެ ކުންފުންޏެއްގެ ދަށުން ހިންގިނަމަވެސް، މި ދެ އެއަރލައިނުގެވެސް ބަލަދުވެރި ފަރާތަކީ ޔޫއޭއީގެ ސަރުކާރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ...

އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ޤާއިމްކުރަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އެ ރަށުގައި އައުޓްޑޯ ޖިމެއް ތަރައްޤީކުރަން ނިންމައި އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ސަޕްލައިކުރުމަށް ...

އައްޑޫސިޓީން އިތުރު 144 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 144 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 144 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މި ...