އައްޑޫ ތަސައްވަރު ހަޤީޤަތަކަށް ހެދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް މިހެން ވިދާޅުވީ ރައީސް ނަޝީދާއި އައްޑޫ މޭޔަރ ސޯބެ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ބައިވެރިވެވަޑއިގެން އައްޑޫ ތަސައްވަރު އިފްތިތާޙް ކުރުމަށް މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައިގަނޑު އަށް ކަމެއްގެ މައްޗަށް އެކުލެވޭ ގޮތައް އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލައަށް އެކުލަވާލާ ދިވެހި ސަރުކާރަށްހުށަހެޅި “އައްޑޫ ތަސައްވަރަށް” ގައި ހިމެނޭ 300 މިލިއަން ޑޮލަރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ކަންތައްތަކަށް ހޭދަކުރައްވާނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަސައްވަރަށް ހޭދަކުރަން ނިންމާފައިވާ 300 މިލިއަން ޑޮލަރަކީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
“އައްޑޫއަކީ އަރާމު ދިރިއުޅުމެއް އުޅެން ބޭނުންވާ މީހުންނަށް އުޅެވޭނެ ތަނަކަށް ހެދުމަށް 300 މިލިއަން ޑޮލަރު އެއީ އެހާ ބޮޑު އެއްޗެއް ނޫން ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ފައިސާ ލިބޭނެ ގޮތްވެސް މިހާރުވެސް ވަނީ ހަމަޖެހިފައި.” އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން އައްޑޫގެ ރަށްޔިތުންގެ ފަރާތުން އެދިލެއްވީ އައްޑޫ ތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް “އެޖެންޑާ 19” އަށް ވޯޓް ދެއްވުމަށެވެ.
ކޮމެންޓްސް (0)