ރައީސް ޔާމީންއަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ރައީސް ނަޝީދު

Advertisement
Advertisement

ކުރީގެ ރައީސް ޔާމީންއަށް ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތުން ބަރީއަވުމުގެ ފުރުސަތާއި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްގެ އިތުރުން އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްއެމްއާރްޕީސީގެ ފައިސާތައް ގިނަ އަދަދުން ރައީސް ޔާމީންގެ އެކައުންްޓަށް ވަންނަމުންދިޔައިރުވެސް އެކަމާއި މެދު ސުވާލުއުފެދިފައިވާ ނުވާތީ ކަންބޮޑުވެފައެވެ.

” ފުރަތަމަ ކަމަކަށް އަޅުގަނޑު ގެންދެބަލަ ޗެކެއް ޖަމާކުރަން ، 500 ސުވާލު ނުކުރޭތޯ ، 4 ލިޔުން ނުދޭތޯ ، އެންމެ ފަހުން ބްލަޑް ގްރޫޕު ވެސް ދައްކައިގެން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ . އެކަމަކު އެމްއެމްޕީއާރުސީގެ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ވަދެގެން ދިޔައިރު އެއްވެސް މީހަކަށް ނޭގުން . އިހުމާލުވިމީހުން ސާފުކުރަން ޖެހޭ ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންގެ ތަހުގީގުކޮށް ހައްގު އަދަބު ލިބެންޖެހޭ ފަރާތަކަށް އެ އަދަބު ލިބޭނެކަމަށް ވިދާޅުވެފައެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެއިން ޕާކިސްތާނު މީހަކާއި އިތުރު ދެ ދިވެހިން ފައްސި ވެއްޖެ

މާލެއިން ޕާކިސްތާނު މީހަކަށާއި އިތުރު ދެ ދިވެހިން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ...

އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ގޮތުން ...

12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސަވެފައިވަކަމަށް ކުރިން ކަނޑައަޅާފައިވާ ބާރަ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ...