ފޭދޫޓީމާ މީދޫ ޓީމާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް ކާމިޔާބުކުރީ މީދޫޓީމް

މީދޫ ޓީމަކާއި ފޭދޫ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ.

ހުކުރު ދުވަހުގެރޭ ފޭދޫ ވޮލީ ކޯޓްގައި ކުޅުނު މި މެޗު ކާމިޔާބުކުރީ މީދޫ ވޮލީ ޓީމެވެ. މީދޫ ޓީމް މި މެޗް ކާމިޔާބް ކޮށްފައިވަނީ މިމެޗްގެ ފުރަތަމަ ސެޓް ފޭދޫ ޓީމް ހޯދާފައިވަނިކޮށް ފަހުން ކުޅެވުނު  3 ސެޓް ހޯދައިގެން 3 ސެޓް 1 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓް ފޭދޫޓީމުން ކާމިޔާބުކުރީ 25 ޕޮއިންޓް 19 ޕޮއިންޓުންނެވެ. 2 ވަނަ ސެޓް 25 ޕޮއިންޓް 16 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ މީދޫ ޓީމެވެ.

3 ވަނަ ސެޓް މީދޫޓީމް ހޯދީ ތަފާތުބޮޑުކޮށް 25 ޕޮއިންޓް 11 ޕޮއިންޓުން ނެވެ. ޖެހިގެން އައި 4 ވަނަ ސެޓު ވެސް މީދޫޓީމް ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް 25 ޕޮއިންޓް 12 ޕޮއިންޓުންނެވެ.

ގިނައަދަދެއްގެ ބަޔަކު ކުޅިބަލަން ދިޔަ މިމެޗަކީ މީދޫއާއި ފޭދޫއާއި ދެމެދު އޮންނަ ގާތް ގުޅުން ބަދަހި ކުރުމަށް ކުޅެވުނު ވޮލީ މެޗެއް ކަމަށް މި މެޗް އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަޔާނުން ޕީއެސްޖީ ބަލިކުރިއިރު ޓޮޓެންހަމް އަތުން މިލާނަށް މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކުން ހަނި ތަފާތަކުން ޕީއެސްޖީ ބަލިކުރިއިރު ...

އެކުވެރިކަމުގެ ފުޓްސަލްމެޗް ހުޅުމީދޫ ޕޮލިސް ކާމިޔާބުކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުދޫޓީމަކާ ހުޅުމީދޫ ޕޮލިސްޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލްމެޗް  ހުޅުމީދޫ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. ...

މީދޫޓީމުން ފަހަތުން އަރާ ޓީމް ވޯރިއަރސް ބަލިކޮށްފި

ޓީމް ވޮރިއާސް  ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ސެޓުތަކާއެކު ސަދަން ސްޕޯޓްސް  ވޮލީބޯޅަ މުބާރާތުގައި މީދޫ ވޮލީޓީމް ...