އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް

Advertisement

ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ.

ރާއްޖެއަށް މިހާރު އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ދިރާގުން ތައާރަފް ކުރި އައިސްޓީވީއަކީ މުނި ފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަކޮށް ގެނެސްދޭޗެނެލެކެވެ. އެހެން ނަމަވެސް މިޗެނަލުން އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައްވެސް ދައްކާއިރު  މި ޗެނަލަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލު ޗެނަލަކަށްވަނީ ވެފައެވެ.

ދިރާގުޓީވީން އައިސްޓީވީ ޗެނަލް ފޮނުވަން ފަށާފާވާއިރު 300 ރުފިޔާގެ ފީއެއް ނަގައިގެން  ދިރާގު ޓީވީން 80 އަށް ވުރެ ގިނަ ޗެނެލްތައް ބެލެއެވެ.

ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެއެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ދިރާރު ޓީވީގައި ހިމެނެއެވެ.

ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވާތީ، ޝަރީއަތް ނިމެންދެން ...

މިއީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއްނޫން: ރައީސް

މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ...

ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ...