ޓީމްޓަފްސިކްސް ބަލިކޮށް ޓީމް އަލްފައިން ފައިނަލަށް

Advertisement

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ 3 ވަނަ މެޗް ކާމިޔާބުކޮށް ފައިނަލުގެ 2 ވަނަ ޖާގަ ޓީމް އަލްފައިން ކަށަވަރުކޮށްއެވެ.

މިމުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅެވުނުމެޗްތަކުގެ ތިންވަނަމެޗްގައި ޓަފްސިކްސް އަތުން 3 ސެޓް 1 ސެޓުން ބަލިވެފައިވާ ޓީމް އަލްފައިން ރޭ ކުޅެވުނު ސެމީފައިނަލްގެ މެޗް ކާމިޔާބުކޮށްފައިވަނީވެސް 3 ސެޓް 1 ސެޓުންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުން ފޯރިނަގަމުން ދިޔަ މި މެޗުގެ މޭންއޮފްދަ މެޗަކަށް  ޓީމް އަލްފައިންގެ އަހުމަދު ނިޒާމު ހޮވިފައިވާއިރު މިމެޗްގެ ކްއިންއޮފްދަ މެޗަކަށް ހޮވުނީވެސް އަލްފައިންގެ މަލްދާ މަސްސޫދެވެ.

ރޭ ކުޅެވުނު މިމެޗް ޝަރަފްވެރިކޮށްދެއްވާފައިވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުސެން އައުޒަރު އާއި އަހުމަދު އަޝްފާގުގެ އިތުރަށް ހުސެން ލަތީފާއި ހައްވާ އާތިކާއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި ވޮލީ ކޯޓްގައި ކުރިއަށް ގެންދާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލްގެ މެޗްތައް މިރޭ ފަށަނީ

ގައުމު ސްޓްރީޓް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗުތަކުގެ ތެރެއިން ދެމެޗެއްގެ ކުޅުން މިރޭ ފަށަން ތާވަލްކޮށްފި ...

ސެނެގާލް ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16ގެ ބުރުގައި ރޭ ސެނެގާލް އަތުން 3-0 އިން މޮޅުވެ ...

ރަޔަންގެ ހުނަރާއެކު އަމީގޯސް އެ ޓީމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ޔޫތުޗެލެންޖް ކަޕް 2020 ގައި  އަމީގޯސް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ސެމީގެ ފުރުސަތު ބޮޑުކޮށްފި އެވެ. ބުދަ ...