ފުރަތަމަފަހަރަށް ޓަފްސިކް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ފުރަތަމަފަހަރަށް ޓީމް ޓަފްސިކް ބަލިވެއްޖެވެ.

މިމުބާރާތުގައި ޓަފްސިކް މީގެ ކުރީން ކުޅުނު ދެމެޗުން މޮޅުވެފައިވިޔަސް ޓީމް ގަރާޖާއި ބައްދަލުކޮށް ކުޅުނު މެޗުން ޓަފްސިކް ބަލިވީ 3 ސެޓް 2 ސެޓުންނެވެ.

އެފްއެންސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފާއިޒްއާއި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ ޚަދީޖާ ހަސަން ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗަކަށް ޓީމް ގަރާޖްގެ  މުހައްމަދު އަނިލް ހޮވިފައިވާއިރު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް ގަރާޖްގެ އާއިޝަތު ނާޒިމާއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2018 : އެއްވެސްމެޗަކުން ބަލިނުވެ ތައްލިހި ޗެމްޕިއަންކަން ހޯދައިފި

ސ. ހުޅުދޫގައި ބާއްވާ  އަގުބޮޑު ފުޓްސަލް މުބާރާތުގެ ތަށި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތައްލިހި އުފުލާލައިފި ...

އެމެރިކާ އާއި އިންގްލެންޑުން ފަހު މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ބީގެ ފަހު މެޗުތަކުގެ ކުޅުން ނިމުނުއިރު، ގްރޫޕުގެ އެއް ވަނަ ...

ފަސޭހަކަމާއެކު ހުޅުދޫ ޔޫތު ބަލިކޮށް، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖިއޯވެންޓް ސެމީ ފައިނަލަށް ދަތުރުކޮށްފި

މިނިވަން ކަޕް ޔޫތު ޗެލެންޖް 2022 ފުޓްބޯޅަ މުބާރާތުގައި ހުޅުދޫ ޔޫތުގެ ބޮޑު ތަފާތަކުން ބަލިކޮށް ގްރޫޕް ބީގެ ...