ފުރަތަމަފަހަރަށް ޓަފްސިކް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ފުރަތަމަފަހަރަށް ޓީމް ޓަފްސިކް ބަލިވެއްޖެވެ.

މިމުބާރާތުގައި ޓަފްސިކް މީގެ ކުރީން ކުޅުނު ދެމެޗުން މޮޅުވެފައިވިޔަސް ޓީމް ގަރާޖާއި ބައްދަލުކޮށް ކުޅުނު މެޗުން ޓަފްސިކް ބަލިވީ 3 ސެޓް 2 ސެޓުންނެވެ.

އެފްއެންސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފާއިޒްއާއި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ ޚަދީޖާ ހަސަން ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗަކަށް ޓީމް ގަރާޖްގެ  މުހައްމަދު އަނިލް ހޮވިފައިވާއިރު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް ގަރާޖްގެ އާއިޝަތު ނާޒިމާއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ސެމީއަށް

ފީފާ ވޯލްޑްކަޕުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް ބަލިކޮށް ލިއޮނަލް މެސީގެ އާޖެންޓީނާ ސެމީ ފައިނަލަށް ...

ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން  ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ  (ކުޑަކާއްޓެ) އާއި އާދަމް ...

ގަންބުރު ޗެލެންޖް 2018

ގައުމުއެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު ...