އިނގިރޭސި ޕްރިމިއާ ލީގުގައި  ރޭ މެންޗެސްޓަރ ސިޓީއާއި ކްރިސްޓަލް ޕެލްސް ބައްދަލުކުރިމެޗުން ސިޓީ ބަލިވުމާއިގުޅިގެން ޕްރިމިއާލީގުގެ ޕޮއިންޓް ޓޭބަލްއިން 4 ޕޮއިންޓްގެ ލީޑެއް   ލިވަޕޫލްއަށް ލިބިއްޖެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކޮށް ސިޓީ ބަލިވެފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކޮށް ކުޅުނު މިމެޗުން ސިޓީ ބަލިވެފައިވަނީ  ސިޓީން ލީޑް ނަގާފައި ވަނިކޮށް، ފަހަތުން އަރައި، ޕެލަސްއިން ކާމިޔާބު ކުރި ތިން ލަނޑުންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު  27 ވަނަ މިނެޓްގައި، ސިޓީއަށް ކާމިޔާބުކޮށް ލީޑް ނަގައިދިނީ ގުންޑޯގަންއެވެ.
ސިޓީން ލަނޑެއް ޖަހާ ލީޑު ނެގިތާ  ހަ މިނިޓް ފަހުން  ޕެލަސްއިންވަނީ ލަނަޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.  ޕެލަސްގެ މިލަނަޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝުލާޕް އެވެ.  މިމެޗްގައި ޕެލަސް އިން ކާމިޔާބުކުރި ދެވަނަ ލަނޑު 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޓައުންސެންޑް އެވެ.
ޕެލަސްއިން ގެ 3 ވަނަ ލަނޑު  އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން 51 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިލިވޮޖެވިކް އެވެ.

ސިޓީން މިމެޗްގައި ކާމިޔާބުކުރި 2 ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ  ޑި ބްރޭނޭ އެވެ.

މިމެޗުން ސިޓީ ބަލިވުމުން 18 މެޗުން އެޓީމަށް ލިބިފައިވަނީ 44 ޕޮއިންޓް ލިބިގެން ސިޓީ މިހާރު އޮތީ ޕޮއިންޓް ޓޭބަލްގެ ދެވަނާގައެވެ.  18 މެޗުން 48 ޕޮއިންޓް ލިބިގެން ލިވަޕޫލްއަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބުނީ އެޓީމު މި ފަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ވުލްވްސްއާއި ބައްދަލުކޮށް ކުޅުނު މެޗުން 2 ލަނޑު 0 ލަނޑުން ލިވަޕޫލް މޮޅުވުމުންނެވެ.

ޕްރިމިއާލީގުގައި ރޭކުޅެވުނު އެހެން ބައެއް މެޗްތަކަށް ބަލާއިރު ބާންލީއާއި ބައްދަލުކޮށް އާސެނަލްވަނީ 3 ލަނޑު 2 ލަނޑުން މޮޅުވެފައެވެ. ލެސްޓަރ ސިޓީއާއި ޗެލްސީ ބައްދަލުކުރިމެޗުން 1 ލަނޑު 0 ލަނޑުން ލެސްޓަރ މޮޅުވެފައިވާއިރު ކާޑިފްސިޓީއާއި ބައްދަލުކޮށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނުމެޗުން 5 ލަނޑު 1 ލަނޑުގެ ބޮޑުތަފާތަކުން މޮޅުވެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

49 އަހަރުގެ ރެކޯޑް ލެވަންޑޯސްކީ މުގުރާލައިފި

1972 ވަނަ އަހަރު ޖަރުމަނުގެ ބުންޑަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ކުރީގެ ޖަރުމަނު ...

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ފުރަތަމަ ފަހަރަށް އަންހެނުންގެ ޔޫރޯ ކާމިޔާބުކޮށްފި

އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން ޖަރުމަނު ބަލިކޮށް އިންގްލެންޑުން އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ...

މިރޭ ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ

މިރޭ ދަންވަރު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ...