Advertisement

“ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ހިތަދޫ ގޮޑުދޮށް ސާފުކުރުމަށް ކުރިއަށްގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގައި އޮސްޓްރޭލިއާގެ ދަރިވަރުންތަކެއް  ބައިވެރިވެ ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

އެންޓިޕޯޑިއަންސް ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި ހިތަދޫ ގޮޑުދޮށް ސާފްކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތަކީ އައްޑޫސިޓީއަށް މިވަގުތު އައިސްގެން އުޅޭ  އޮސްޓްރޭލިއާގެ ދަރިވަރުން، އެކުދިން ދިރިއުޅެމުންދާ ސަރަހައްދުގެ ގޮނޑުދޮށް ސާފުކުރުމަށް ރައްޔިތުންނާއި ގުޅިގެން ހަރަކާތެއް ހިންގުމަށް އެދިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވަނީ  “އެންޓިޕޯޑިއަންސް” ޖަމިއްޔާގެ ފަރާތުން އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވާރސިޓީގެ ސްޕޯޓްސް ސައިންސްގެ ޕްރެކްޓިކަލްތަކަށް އައްޑޫ ސިޓީއަށް އައިސް އުޅޭ ދަރިވަރުންނެވެ.

ހިތަދޫ ގޮޑުދޮށް  ސާފްކުރުމަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އޮސްޓްރޭލިއާގެ ދަރިވަރުންގެ އިތުރުން އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ބައެއް އާންމުންވެސް ވަނީ ބައިވެރިވެފައެވެ.

އެންޓިޕޯޑިއަންސް އަކީ އޮސްޓްރޭލިއާގެ ހައިސްކޫލް އަދި ޔުނިވާރސިޓީ ދަރިވަރުން ބޭރު ޤައުމުތަކުގައި އެކުދިން ކިޔަވާ މާއްދާތަކަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދޭ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ ފަރާތުން ދުނިޔޭގެ 30 ސަރަހައްދަކަށް ދަރިވަރުން ފޮނުވައެވެ.

މަސްދަރު ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންޓި-ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙު، ރައީސް ތަސްދީޤު ކުރައްވައިފި

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ...

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ...

ޕިކްނިކް އައިލެންޑް ތަރައްޤީކުރަނީ އެނބޫދޫ ފިނޮޅުގައި

މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެއާ ކައިރިން ޚާއްޞަ ކުރައްވާފައިވާ ރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ...