އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ

Advertisement

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކޮށް، ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު މަސައްކަތްކޮށް، އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައަޅައި، ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އުދުހުންތަކުގެ އަގުތައް އިއުލާންކުރެވިގެން ދިޔަނަމަވެސް މިކަންކަން ނިންމުމަށް ދުވަސްތަކެއް ނަގާނެކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި އާންމުންނަށް ފަސޭހަކަމާއިއެކު، ހެޔޮ އަގުގައި ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށްޓަކައި “އޯޕެން ސްކައި ޕޮލިސީ” އެއްގެ ދަށުން އެތެރޭގެ އުދުހުންތައް ވާދަވެރިކުރުމުގެ މަސައްކަތްކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީއެވެ. އަދި އަލަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ މަންތާ އެއާރއަށް ވަނީ އެތެރޭގެ އުދުހުންތައް ފެށުމުގެ ހުއްދަ ދީފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއިމްސް ކްލިނިކަށް ފެންވަދެ ގެއްލުންތަކެއް ލިބުމުން މިއަދު ކްލިނިކު ބަންދުކޮށްފި

އައްޑޫސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާއިގުޅިގެން ފޭދޫ އެއިމްސް ކްލިނިކަށްވެސް ފެންވަދެ ގެއްލުން ތަކެއް ލިބުމާއިގުޅިގެން މިއަދު ( 14 ...

ފަލަސްޠީނާއެކު ހުޅުމީދޫ ރަށްޔިތުން –ހިގާލުން މިއަދު ހަވީރު ހަތަރެއް ޖަހާއިރު

“ދިވެހިންގެ ބޮޑު އެއްވުން” މިނަމުގައި ހުޅުމީދޫގައި ބާއްވާ  ހިގާލުން މިއަދު ހަވީރު އޮންނާނެކަމަށް، މީދޫ އަވަށު އޮފީހާއި ހުޅުދޫ ...

ޓްރާސްޕޯޓް މިނިސްޓްރީ ކުރަނީ ވައްކަން، ނަހުލާއަކަށް އެކަމެއް ނުހުއްޓުވުނު: ނިހާދު

ޓްރާސްޕޯޓް މިނިސްޓްރީން މިހާރުވެސް އެތައް ވައްކަމެއް ކުރަމުންދާކަމަށާއި، އެކަން މިނިސްޓަރ ނަހުލާއަކަށް ނުހުއްޓުވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ...