އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ

Advertisement

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ސިޔާސަތުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކޮށް، ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު މަސައްކަތްކޮށް، އެތެރޭގެ އުދުހުންތަކުގެ އަގުތައް ކަނޑައަޅައި، ކުރިއަށްއޮތް ދެދުވަހެއްގެ ތެރޭގައި އަގުތައް އިއުލާންކުރައްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އުދުހުންތަކުގެ އަގުތައް އިއުލާންކުރެވިގެން ދިޔަނަމަވެސް މިކަންކަން ނިންމުމަށް ދުވަސްތަކެއް ނަގާނެކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި އާންމުންނަށް ފަސޭހަކަމާއިއެކު، ހެޔޮ އަގުގައި ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށްޓަކައި “އޯޕެން ސްކައި ޕޮލިސީ” އެއްގެ ދަށުން އެތެރޭގެ އުދުހުންތައް ވާދަވެރިކުރުމުގެ މަސައްކަތްކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް މިވަގުތު ފޯރުކޮށްދެމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އިތުރުން ފްލައިމީއެވެ. އަދި އަލަށް ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ މަންތާ އެއާރއަށް ވަނީ އެތެރޭގެ އުދުހުންތައް ފެށުމުގެ ހުއްދަ ދީފައެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ ޓާފް ދަނޑުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ބަޖެޓަށްވުރެ ބޮޑުކޮށް ހުށަހެޅިފަރާތަކާ- ޔޫތު މިނިސްޓްރީ

މީދޫ ޓާފް ދަނޑު ތައްޔާރުކުރަން ބަޔަކާ ހަވާލްކޮށްފައިވަނީ އެމަސައްކަތައް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކޮށްކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޔޫތު ...

ކޮވިޑް 19 – ހުޅުދޫން އަލަށް 5 މީހުން ޕޮޒިޓިވްވެއްޖެ

ހުޅުދޫން އަލަށް 3 މީހުންނާއި ދެކުޑަކުދީން  ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ސިއްހީމަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި ހުޅުދޫން ...

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ...