ޗީފް އޮފް ޑިފެންސް ފޯސް ކަމުން ޝިޔާމް ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާރ ޖެނެރަލް އަހުމަދު ޝިޔާމް ވަކިކުރައްވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝިޔާމް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، ޝިޔާމް އެ މަގާމުން ވަކިކުރެއްވީ ރައީސް ސޯލިހުއަށް ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އިން ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުންކަމަށެވެ.

އަދި އެއާއެކު ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ވެސް މިއަދު ވަކިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޝިޔާމް ވަކިކުރެއްވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ މަގާމުން ވަކިކުރާނެ ކަމަށް ބެލެވުނު ބޭފުޅަކީ ވެސް އެއީއެވެ. ނަމަވެސް ވެރިކަމުގެ ހުވާ ކުރެއްވިތާ މަހަކާ ގާތްވެފައި ވަނިކޮށް ވެސް، އޭނާ މަގާމުން ވަކިކުރައްވާފައި ނުވާތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރަށާޢި ރައީސްއަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕަބްލިކް ވޯކްސް އުވާލައި، މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ޕަބްލިކް ވޯކްސް ސަރވިސްއާއި ޑިޕާރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައި، އެ ދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް ...

ސްޕެނިޝް ސުޕަ ކަޕް: އެތުލެޓިކޯ ބަލިކޮށް ރެއާލުން ސުޕަ ކަޕްގެ ފައިނަލަށް

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ގެ ފައިނަލަށް ރެއާލްމެޑްރިޑް ދަތުރުކޮށްފިއެވެ. ސައުދީ އަރަބިއްޔާގައި ކުޅުނު ފޯރިގަދަ ...

މީދޫ ގެއަކަށް ވަދެ، ދެ އަންހެނަކަށް އަނިޔާ ކުރިމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީނު މީދޫ ސަންބީމުއަށް ރޭ ދަންވަރު މީހަކު ވަދެ، އެގޭ ރަމީޒާއާއި ރަމީޒާގެ މަންމަ ފާތުމަތުދީދީ އަނިޔާކޮށްފިއެވެ. މީދޫ ...