4 ލީޑަރުން ސޮއިކުރި އެއްވެސް އެއްބަސް ވުމެއް ނެތް- ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން

4 ލީޑަރުން ސޮއިކުރި އެއްވެސް  އެއްބަސް ވުމެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވައިފިއެވެ.

ސަރުކާރު އެކުލެވުމަށާ  މަޖިލިހުގެ ގޮޑިތައް ބެހުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް އެކުލަވާލާފައިވޭތޯ ސަންގުޓީވީން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ 4 ލީޑަރުން ސޮއިކުރެއްވި އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ.

އެހެންނަމަވެސް އެއްބަސްވުންތަކެއް ޕާޓީތަކުގެ މެދުގައި ވެވިފައި އެބަހުރިކަމަށާ އޭގެތެރޭގައި އަނގަބހުންވެވިފައިވާ އެއްބަސްވުންތައްވެސް އެބަހުރިކަމަށް ހޫދު ވިދާޅުވިއެވެ. އެކަމަކު އެކަމުގެ އިތުރު ތަފްސީލެއް ހޫދު ހާމަކުރައްވާފައިނުވެއެވެ.

ހޫދު މިހެން ވިދާޅުވިއިރު އެމްޑީޕީން މަޖިލިހުގެ ހުރިހާ ގޮޑިއަކަށް ކުރިމަތިލާން ނިންމީ 4 ލީޑަރުންގެ އެއްބަސްވުމާއި ޚިލާފަށްކަމަށް ބުނެ އެކަމަށްވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

އެމްޑީޕީން މަޖިލިހުގެ ގޮޑިތަކަށް ވާދަކުރުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް އެޕާޓީގެ ގައުމީ މަޖިލިހުން ރޭ ބޭއްވި ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގެންފައި ނުވެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިހުގެ ޖަލްސާއަށް ރޭ  ރައީސް ސޯލިހުއަށް ވަޑައި ނުގެންނެވުނީ އެމަނިކުފާނުގެ މަސައްކަތްތައް ތާވަލްކުރެވިފައިހުރި ގޮތުންކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެން ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދަށް ވަދެވޭނީ ހުއްދަ ލިބޭ ފަރާތްތަކަށް އެކަނި

ކޮވިޑް 19އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފުވައްމުލައް ސިޓީގެ ބަދަރު ސަރަހައްދަށް ވަދެވޭނީ ހަމައެކަނި ހުއްދަ ލިބޭ ...

އިތުރު ފަރުވާއަށް ރައީސް ނަޝީދު މާދަމާ ޖަރުމަނަށް

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ގެއްލުންތަކަށް ...

ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީއާއި ...