އިންތިޚާބީ ރައީސްއާއި ނާއިބު ރައީސް ހުވާކުރެއްވުން ހަވީރު 5 ޖަހާއިރު

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މި ރަސްމިއްޔާތު ފަށާނީ ހަވީރު ފަހެއް ޖަހާއިރުއެވެ.

މި ރަސްމިއްޔާތުގައި ދެބޭފުޅުން މަޤާމުގެ ހުވާކުރެއްވުމަށްފަހު އިޤުރާރުގައި ސޮއިކުރެއްވާނެއެވެ. އިންތިޚާބީ ރައީސް މަޤާމުގެ ހުވާކުރެއްވުމުން، އެމްއެންޑީއެފުން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވާނެއެވެ. އަދި މަޤާމުގެ ހުވާކުރެއްވުމަށްފަހު އިބްރާހީމް މުޙައްމަދު ޞާލިޙް ޤައުމާ މުހާތަބްކޮށް، ތަޤްރީރުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި ބައިނަލްއަޤްވާމީ ޖަމަޢާތްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު މިއަދުގެ ވަގުތެއްގައި އެމަނިކުފާނުގެ ކެބިނެޓް އިޢުލާންކުރެއްވުންވެސް އޮންނާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިވެހި މާޙައުލުގައި ބޮޑުވާ ކުދިންނަށް ދިވެހިން ވާހަކަ ދައްކަން ނޭނގުމަކީ ވިސްނަންޖެހޭ ޤައުމީ މައްސަލައެއް: ރައީސް

ދިވެހި މާޙައުލުގައި އުޅެ ބޮޑެތިވަމުން އައިނަމަވެސް، ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކުދިން ތިބޭކަމީ ފުންކޮށް ...

އައްޑޫ-ފުވައްމުލަށް ފެރީ ދަތުރުތައް މެދުކަނޑާލައިފި

އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް މެދުކަނޑާލަން ސަދަން ޓްރާންސްޕޯޓު ލިންކުން ނިންމައިފިއެވެ. ...

ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާޢަތަށް ހެޔޮ ...