ިދިވެހި ސިފައިންގެ ކްލަބުން ޗެމްޕިއަންކަން ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފިއެވެ.

ދިވެހި ސިފައިންގެ ކްލަބް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލްމެޗްގައި  ޕޮލިސް ކްލަބް 3-2 ސެޓުން ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ރޭ ކުޅެވުނު ފައިނަލްމެޗުގެ ފުރަތަމަ ސެޓު 25-17 އިން  ހޯދީ ސިފައިންގެ ކްލަބެވެ. އެހެންނަމަވެސް ދެވަނަސެޓް 25-17 އިން  ހޯދާފައިވަނީ ޕޮލިސް ކްލަބެވެ. 3 ވަނަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 29-27 އިން  ހޯދީ ދިވެހި ސިފައިންގެ ކްލަބެވެ. 4 ވަނަ ސެޓްވެސް ވާދަވެރި ކުޅުމަކަށްފަހު 25-22 އިން  ހޯދީ ޕޮލިސް ކްލަބެވެ.

ދިވެހިސައިންގެ ޓީމުގެ ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމުމެއް ފެނިގެންދިޔަ ފަސްވަނަ ސެޓް  އެޓީމު ކާމިޔާބުކޮށްފައިވަނީ 15-7 އިންނެވެ.

ފައިނަލްމެޗްގެ ކުޅުން ނިމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

ފައިނަލްމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ސިފައިންގެ ކްލަބްގެ ލޯންގޭއަށެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ  ހުޅުމާލެގެޓީމްގެ ރައްޒާން އެވެ.

މިމުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު  ކުޅުންތެރީންނަކީ ޕޮލިސް ޓީމުގެ ހުޒާންޓޭ އާއި ޝުވައިބު އަދި  އަބްދުއްލަތީފާއި  މުހައްމަދު ނައީމްގެ އިތުރަށް  ސިފައިންގެ ކްލަބްގެ  ސެޓަރު ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ސައީދު (ސޭންޑީ) އާއި  ލޯންގޭ  އިތުރަށް ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އެވެ.

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ކޯޗް މުމްތާޒެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ ...

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ހަފުލާއެއް، ހަވާއެރުވުން އޮންނާނެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ...

20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް 2022: ޖަޕާނާއި ސްޕެއިން ފައިނަލަށް

ކޮސްޓަރިކާގައި މިހާރު ކުރިއަށްދާ ފީފާ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް 2022 ގެ ފައިނަލަށް ސްޕެއިނާއި ޖަޕާން ...