ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ބާއްވަމުންދާ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޝައުގު ބަލިކޮށް ޓޫބްރަދާސް ފައިނަލާ ގާތަށް ދަތުރުކޮށްފިއެވެ. ޓޫބްރަދާސްއަށް ފައިނަލްގެ އުއްމީދު އާވެފައިވަނީ އެޓީމު މިމުބާރާތުގައި ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބުމާއި ގުޅިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ޝައުގު ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗު ޓޫބްރަދާސް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި ޓޫބްރާސްއިން ކާމިޔާބުކުރި 2 ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި މައުޝޫގު ކާމިޔާބުކޮށްދީފައިވާއިރު 2 ވަނަ ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދީފައިވަނީ ރާއީއެވެ.

މިމުބާރާތުގައި ޓޫބްރަދާސް ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 7 ޕޮއިންޓް ލިބިފައިވާއިރު ޝައުގު ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ 1 މެޗުން މޮޅުވެ ޝައުގަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅެވޭ މެޗްގައި ބައްދަލުކުރާނީ ޕޮލިސްއާއި ގައުމު އެފްސީއެވެ.

  

 

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެކުވެރިކަމުގެ ވޮލީމެޗުން ބަލިވީ މީދޫ ވޮލީޓީމް

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗު ގުޅިފައިވާ ...

އިހަވަންދޫ އިޖްތިމާއީ މަރުކަޒު ނިމިއްޖެ- 31 މަރުކަޒެއްގެ މަސައްކަތް ކުރިއަށް

ބާރުވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން ...

ޝަރަފުއްދީންސްކޫލްޓީމާ ދެކޮޅަށް ކުޅުނުމެޗުން އަތޮޅުމަދަރުސާޓީމް ބަލިވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި އަތޮޅުމަދަރުސާޓީމް ކުޅުނު ދެވަނަމެޗުން ބަލިވެއްޖެވެ. ...