މައި އުރީދޫ އެޕްގެ ދިވެހި ވަރޝަން ތައާރަފްކޮށްފި

ދިވެހި ބަހުން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ސެލްފް-ކެއާ މޮބައިލް އެޕްލިކޭޝަން އުރީދޫއިން ތައާރަފްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އުރީދޫއިން ބުނީ، މި އެޕްލިކޭޝަނަކީ ކޮންމެ ދިވެއްސަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ކުރާ އެކި މަސައްކަތްތަކުގެ ދަށުން ތައާރަފްކުރި އެޕްލިކޭޝަނެއް ކަމަށެވެ.

ދިވެހި ބަހުގެ އެކަޑަމީއާއި ގުޅިގެން ތައާރަފްކުރި މި އެޕްލިކޭޝަން ފަރުމާ ކުރެވިފައި ވަނީ ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައިވެސް އުރީދޫގެ ޚިދުމަތް ކަސްޓަމަރުންނަށް ހޯދޭނެ ގޮތަށެވެ.

މި އެޕު މެދުވެރިކޮށް ލިބޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ؛

– އެކައުންޓުގެ ބާކީ، ބޭނުން ކުރެވިފައިވާ މިންވަރާއި އަދި ބިލުކުރެވިފައިވާ އަދަދު ހޯދުން
– އެޑް-އޯންތައް އަދި އެހެނިހެން ޚިދުމަތްތައް ޚިޔާރުކުރުން
– އުރީދޫގެ ބިލުތައް ބަލައި ބިލު ދެއްކުން
– ރާސްޓަސް މެދުވެރިކޮށް ޕްރީޕެއިޑް އެކައުންޓަށް ފައިސާ އެޅުން
– ވެދުން ޕޮއިންޓްތައް ބައްލަވައި، ފައިދާހުރި ތަފާތު އެކި ކަންތައްތަކަށް ބޭނުންކުރުން
– މަގޭ ޕްލޭން މެދުވެރިކޮށް އަމިއްލައަށް ބޭނުންވާ ޕްލޭން ފަރުމާކޮށް ބޭނުންކުރުމާއި އަދި އެހެން ކަސްޓަމަރުންނަށް ހަދިޔާކުރުން.
– ހިލޭ ގުޅޭ ނަމްބަރުތަކާއި އަދި ރީތި ޓިއުންސް ފަދަ ޚިދުމަތްތައް އެކްޓިވޭޓް ކުރުން.
– އުރީދޫ އިން ކުރިއަށްގެންދާ ޚާއްޞަ ޕްރޮމޯޝަންތަކާއި އޮފަރތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން

ދިވެހި ބަހުން އުރީދޫ އެޕް ތައާރަފްކުރުމާއި އެކު އުރީދޫއިން މި ފަސޭހަ ޚިދުމަތްތައް އަމިއްލަ ބަހުން އިތުރު ކަސްޓަމަރުންނަށް ތަޖުރިބާ ކުރާނެ ކަމަށް އުރީދޫއިން އުންމީދު ކުރެއެވެ.

މި ހާއްސަ ކުރިއެރުންތަކާއި އެކު ތައާރަފްކުރެވިފައިވާ މައި އުރީދޫ އެޕް، ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ޑައުންލޯޑްކުރެވޭއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައި.އޯ.އެސް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް އެޕް ސްޓޯރ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 ...

ކޯވިޑުގެ ދެވަނަ ރާޅެއްގެ ބިރު: ބަލިފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ ވަރަށް މުހިއްމު

މުޅި ދުނިޔޭގައި ހުއްޓުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ އަނެއްކާވެސް ބޮޑުވެފައެެވެ. މިހާތަނަށްއައިއިރުވެސް އެއްވެސް ފަރުވާއެއް ...

އިންޑިއާއިން ދިން ވިސާގެ ލުއިތަކަށް އަންނަމަހު އަމަލު ކުރަންފަށަނީ

އިންޑިއާއިން ރާއްޖެއަށްދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. ...