އަދީބު ހައްދަވަނީ އިތުރުފުޅެއް، ރިޟްވާންގެ މައްސަލައަށް ރައީސް ނުފޫޒެއް ނުފޯރުވާ – ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވި ކަމަށްބުނެ ލޯޔަރުން ނެރުއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހައްދަވާފައިވަނީ އިތުރުފުޅުކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ކުށުގެ ތުޙުމަތުގައި ޖަލު ޙުކުމެއްގައި ހުންނެވި އަހުމަދު އަދީބު އޭނާގެ ލޯޔަރުން މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިޔާ ރިޟްވާންގެ މައްސަލައިގައި ކެބިނެޓަށް އެކަން ހުށަހެޅުއްވުމުން އެކަން ހުއްޓުވީ ރައީސް ޔާމީން ކަމަށެވެ.

އަދީބުގެ މިވާހަކަތައް ދޮގުކުރައްވާ ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރުކާރު ފެށުނީއްސުރެއް ކެބިނެޓުގައި ހުންނެވި މިނިސްޓަރެއްގެ ހައިސިއްޔަތުން އަދީބު ހައްދަވާފައިވަނީ އިތުރުފުޅެއްކަމަށް ހެކިވެވަޑައިގަންނަވާކަމަށެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް އިރުޝާދު ދެއްވަނީ ރިޟްވާނުގެ މައްސަލައިގެ ހަޤީޤަތް ހޯދުމަކަށްކަމަށެވެ.

އަދީބުގެ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ޔާމީންވެސް މިއަދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކެބިނެޓަށް އެމައްސަލަ ހުށަހެޅިގެން ކެބިނެޓު ފެންވަރުގެ މަސައްކަތްތަކެއް ދުވަހަކުވެސް ކުރެވިފައިނުވާކަމަށެވެ. އަދި އެކަމަށް ކެބިނެޓުގެ އެހެން މިނިސްޓަރުންވެސް ހެކިވެވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ވަނީ ޤައިދީން ހައްދަވާ ދޮގުތައް ނޫސްތަކުގައި ޝާޢިއު ކުރާތީ އެކަމާ ހިތާމަކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ސްކޫލްތަކުން ތާރީހީ ނަތީޖާއެއް، ގަދަ ދިހައެއްގައި 33 ދަރިވަރުން

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް ގައުމީ ގަދަ ދިހައެއްގައި ކުޅުދުއްފުށީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ހިމެނިއްޖެ ...

ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓ ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު ...

ރޯދަމަހާއި ގުޅޭ ދުޢާތައް

ރޯދަމަހަކީ މުސްލިމުންނަށް އަންނަ އެންމެ މަތިވެރި މައްސަރެވެ. އެ މަހަކީ އަޅުކަމުގެ މަހެވެ. އެހެން މަސްތަކާއި ދުވަސްތަކަށްވުރެ އެމަހުގައި ...