ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބޫއަކަށް އެނގިވަޑައެއް ނުގަންނަވާ: ނިހާން

ރިޔާސީ އިންތިޚާބަށްޓަކައި ވެވަޑައިގަންނަވާ ވަޢުދުތަކުގެ ތަފްސީލް ހާމަކުރައްވަން އިބްރާހިމް މުހައްމަދު ސޯލިޙް އަށް އެނގިވަޑައިނުގަންވާ ކަމަށް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޕީޕީއެމްއިން ރައްޔިތުންނަށް ވެ ވަޑައިގަންނަވާ ވައުދުތައް އިދިކޮޅު ފަރާތްތަކުން ކޮޕީ ކުރައްވަނީ ކަމަށެވެ.

ނިހާން މިފަދައިން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގެ ތެރެއިން ދިވެހި ރައްޔިތުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވަން ވިލިމާލޭގެ ދެވަނަ ސަހަރެއް ބިނާ ކޮށް ތިން ލައްކަ ފަނަރަހާސް މީހުންނަށް ބޯހިޔާވަހަކަން ފޯރުކޮށްދޭނެ ކަމުގެ ވައުދުފުޅު ރައީސް ޔާމީން ވެވަޑައިގެންނެވި ފަހުން، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމުންނެވެ.

ނިހާން ވަނީ ގޯތިގެދޮރު ބިނާކޮށްދެއްވާނެ ގޮތް ހާމަކޮށްދެއްވަން އިބޫ އަށް އެނގިވަޑައިނުގަންނަވާކަން ފާހަގަކުރައްވާފައެވެ. ވިލިމާލެ 2 ގެ ޕްރޮޖެކްޓް ހިނގާނެ ގޮތާއި ހުރިހާ ކަމެއްގެ ތަފްސީލު ރައީސް ޔާމީން ދެއްވާފައި ވަނިކޮށް އިބޫ ގޯތި ގެދޮރު އަޅައިދޭނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންނެވީ ދިވެހި ރައްޔިތުން ގުނބޯ ހައްދަން ކަމަށް ނިހާން ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ވިލިމާލޭގެ ފޭސް ދޭއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 315000 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަޝްރޫޢު ކުރިއަށް ގެންދާނީ ގުޅީފަޅާއި ތިލަފުއްޓާއި ވިލިމާލެ ބްރިޖަކުން ގުޅާލައިގެން ކަމަށެވެ.

އެމަޝްރޫޢުގެ ދަށުން 2030 ވަނަ އަހަރަށް 18 އަހަރު ފުރޭ ކޮންމެ ރައްޔިތަކީ 1000 އަކަފޫޓްގެ ބިމެއް އޮތް މީހަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް މިހާރު ވަނީ ހައްލު ހޯއްދަވައިދެއްވާފައި ކަމަށެވެ. އެހެންނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަ އަދިވެސް ހައްލު ނުކުރެވޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމައްސަލަ ހައްލު ކުރެއްވުމަށް ހުށަހަޅުއްވާ ސިޔާސަތަކީ ދެވަނަ ޝަހަރެއް ތަރައްޤީ ކުރުން ކަމަށެވެ.

ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، އެޕާޓީގެ މެނިފެސްޓޯ ލަސްތަކެއްނުވެ ރައްޔިތުންނާ ހަމައަށް ގަނޑުކޮށް ހިއްޞާ ކުރައްވާނެ ކަމަށެވެ. އަދި މިސަރުކާރަށްވުރެ ވަރުގަދަޔަށް ފްލެޓް އެޅުމުގެ މަސައްކަތް ކުރެވޭނެ އެހެން ސަރުކާރެއް ރާއްޖޭގެ ތާރީޚްގެ އެއްވެސް ހިސާބަކުން ފެނިފައި ނުވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

މަސްދަރު: ޗެނަލް 13

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިޔާދަކުރަނިވި ހަކަތައިން ހިންގާ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓް

ރާއްޖޭގައި މުޅިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއާޕޯޓަކަށް ގަން އެއާޕޯޓް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި، ފިއުޗަ ...

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...