މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

ކޭއެފްސީގެ އައުޓުލެޓް ހުޅުވީ މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަން ހުންނަނީ މާލޭ ސްކޮޔަރ ނުވަތަ ގާކޮށީގައެވެ.
ކޭއެފްސީއަކީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ބްރޭންޑަކަށްވާއިރު ކޭއެފްސީ ޚާއްސަވެފައިވަނީ ކުކުޅުގެ އެކިރަހަތަކަށެވެ. ކޭއެފްސީ ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ މަޝްހޫރު ޕިއްޒާ ހަޓްވެސް ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބައިނަލްއަޤްވާމީ ބޮޑެތި ރެސްޓޯރެންޓްތައް ހިންގާ މަޝްހޫރު “ޔަމް އިންޓަނޭޝަނަލްސް”އިންނެވެ. މާލޭގައި ކޭއެފްސީ ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވަރސީސް ގުޅިގެން އުފައްދާފައިވާ ގެމަ އައިލެންޑް ފުޑުންނެވެ.

ގެމާ ޕިއްޒާ ކްރާފްޓް އޯވަރސީސްއަކީ އަވައްޓެރި އިންޑިއާއާއި ސްރީލަންކާގައިވެސް ޕިއްޒާ ހާޓާއި ކޭއެފްސީގެ އައުޓްލެޓްތައް ހިންގާ ކުންފުންޏެވެ.

ކޭއެފްސީގެ މާލޭ އައުޓުލެޓުގައި 120 އަށްވުރެ ގިނަ ކަސްޓަމަރުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެކަމަށް ކޭއެފްސީ މޯލްޑިވްސްއިން ބުނެއެވެ. ކޭއެފްސީގެ ކަންޓްރީ މެނޭޖަރ އިޝާން ކުމާރަ ސިރީ ވިދާޅުވީ ރާއްޖެއަށް ކޭއެފްސީ ގެނައުމަށް ނިންމީ ދިވެހިންގެ ކެއުމުގެ ތަޤާފަތަށް ބެލުމަށްފަހުކަމަށެވެ. މި އައުޓުލެޓާއެކު ރާއްޖޭގައި ކޭއެފްސީއަށްލިބޭ ތަރުޙީބު ބޮޑުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޭއެފްސީގެ އައުޓްލެޓް މާލޭ ގާކޮށީގައި ހުޅުވާފައިވާއިރު ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވުމުގެ މަސައްކަތް އިޓަލީގެ ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖަރުމަން، ޕޯޗުގަލް މެޗު ސްޓްރީމް ކޮށްލަން ދިރާގުގެ ރަނުގެ ފުރުޞަތެއް

ޖަރުމަން، ޕޯޗުގަލް ބައްދަލުކުރާ ފޯރިގަދަ މެޗު ސްޓްރީމްކޮށްލަން ދިރާގުން މި އޮތީ ރަނުގެ ފުރުޞަތެއް ހުޅުވާލައިފައެވެ. ޔޫރޯ2020 މެޗްތައް ...

އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21 މިލިޔަން ޑޮލަރު ލިބިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީކުރުމުގެ މަސައްކަތާ ގުޅިގެން ނަގަންފެށި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ އަހަރު 21.4 ...

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރު ދެއްކުމަށް އެއްބަސްވެއްޖެ

އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ސީއެންއެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މާޗު މަހުގެ ފުރަތަމަ ...