“މިއަދު މިފެންނަނީ ރާއްޖޭގައި މެޗުއަރ ޑިމޮކްރަސީއެއް އޮތްތަން، ސަބަބަކީ އެމްޑީޕީގެ ބާރު ނަޝީދު އަތުން ކެނޑިގެންދިއުން” – މޫސަ

މިއަދު މިފެންނަނީ ރާއްޖޭގައި “މެޗުއަރ ޑިމޮކްރަސީއެއް” އޮތްތަންކަމަށާ އޭގެ ސަބަބަކީ އެމްޑީޕީގެ ބާރު ނަޝީދު އަތުން ކެނޑިގެންދިއުންކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ޓީމުގެ އެކި ޓީމުތައް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގދ.ތިނަދޫ އަށް ކެމްޕެއިން ޓީމުގެ ވަފްދު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަޖިލީހުގެ ނާއިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، މީގެ ކުރިން ސިޔާސީ ގޮތުން ތަފާތު ފިކުރުތަކުގެ ރައްޔިތުން ދިރިއުޅޭ ރަށްރަށަށް ސިޔާސީ މީހުން އެރުމުން މީހުންނާއި ދިމާކޮށް ޒުވާކުރުން ފަދަ ސަގާފަތްތައް މިހާރު ފެންނަމުން ނުދާކަމަށެވެ.

އަދި ތިނަދޫ އަކީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރު ހިންގާ މައިޕާޓީ ޕީ.ޕީ.އެމް އަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ރަށަކަށް ވީނަމަވެސް އެރަށުން މީގެ ކުރިން ފެންނަ ސަގާފަތްތައް މިހާރު ފެންނަމުން ނުދާކަމަށެވެ.

މީގެ އިތުރުން މޫސަގެ ވާހަކައިގައި ފާހަގަކުރެއްވީ ވަރަށް އޮމާންކޮށް، އަމާންކޮށް ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށާ ހުރިހާ ޕާޓީތަކުގެ މެންބަރުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި މަގުމަތީގައި މީހަކު ހިތް ހަމަނުޖެހިގެން އެއްވެސް އެއްޗެއް ބުނާ މަންޒަރުވެސް މިއަދު ނުފެންނަ ކަމަށާ އެހެންކަމުން މިއަދު މިފެންނަނީ ރާއްޖޭގައި މެޗުއަރ ޑިމޮކްރަސީއެއް އޮތްތަން ކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ މީގެން މިފެނިގެންދަނީ އެމް.ޑީ.ޕީގެ ބާރު ރައީސް ނަޝީދުގެ އަތުން ދިޔައިމަ ރައީސް ނަޝީދުގެ އޯޑަރު ތަންތަނަށް ނުހިނގާކަން ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ، ތިނަދޫ އޮތީ ރައީސް ޔާމީން 2018 ކެމްޕެއިނަށް ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށާއި، ރައީސް ޔާމީން ތިނަދޫއަށް ގެންނެވި ތަރައްޤީއާއެކު ރަށުގެ ތައްޔިތުން ތިބީ ވަރަށް ބޮޑަށް އުފަލުންކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަޝީދާ ވާހަކަ އެބަދެކެވޭ، ދެ ރައީސުން އެއްކޮށް ފެނުމުގެ އުންމީދު ބޮޑު: ފައްޔާޒް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ކޯލިޝަން ހެދުމަށް އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ރައީސް ...

ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ރައީސް ހުށަހަޅުއްވައިފި

މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ...

ޗައިނާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދެނީ

ޗައިނާ އިން ރާއްޖެ އަށް ގާތްގަނޑަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ. މުއިއްޒުއާއި ...