ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި ފިޠުރު ޢީދުގެ ތަހުނިޔާގެ ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމު ވިދާޅުވެފައިވަނީ، ފިޠުރު ޢީދުފަދަ އުފާވެރި ދުވަހެއްގައި އުފާފާޅުކުރަމުންދާއިރު އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކަށް ތަބަޢަވެ އެކަންކަމަށް މުސްލިމުން އަބަދުވެސް ރައްކާތެރިވާންޖެހޭނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާ ފޮނުއްވައި ހެޔޮއެދުންތައް އަރިސް ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަޙައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންގެ ހިތްދަތި ޙާލާމެދު ހަމްދަރުދީވެ، އެޙާލުން ނަޖާކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި އިބްތިހާލުވެ، ދުޢާ ދެންނެވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ނިއު ލައިންޓް ބޯޓްގެ 11 ފަޅުވެރީންގެ ގައިން ކޮވިޑް 19 ގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގައިފި

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފިއެވެ. ނިއުލައިން ބޯޓު ...

ނަޝީދު ވަކި ކުރުން ކުރިޔަށް ނުގެންދާނަމަ، އެމްޑީޕީން ހުރިހާކަމަކަށް ”ނޯ“ ޖަހާނަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ތުރީ ލައިންގެ ވިޕެއް ނެރެ، މައްސަލަ ކުރިޔަށް ނުގެންދާނަމަ ...

ރޮޒޭއަކީ ކޮންމެހެން ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންޖެހޭ ކުޅަދާނަ އަންހެން ބޭފުޅެއް- ރައީސް ނަޝީދު

Advertisement ރޮޒޭއަކީ އަޅުގަޑުގެ ވަރަށްބޮޑު އިތުބާރާއެކީގައި އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށް ...