ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި

ޢީދު ދުވަހު، މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަޚުލާޤުގެ ނަމޫނާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ފޮނުއްވި ފިޠުރު ޢީދުގެ ތަހުނިޔާގެ ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމު ވިދާޅުވެފައިވަނީ، ފިޠުރު ޢީދުފަދަ އުފާވެރި ދުވަހެއްގައި އުފާފާޅުކުރަމުންދާއިރު އިސްލާމީ ރިވެތި ހަމަތަކާއި އުޞޫލުތަކަށް ތަބަޢަވެ އެކަންކަމަށް މުސްލިމުން އަބަދުވެސް ރައްކާތެރިވާންޖެހޭނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި މި އުފާވެރި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ތަހުނިޔާ ފޮނުއްވައި ހެޔޮއެދުންތައް އަރިސް ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަޙައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންގެ ހިތްދަތި ޙާލާމެދު ހަމްދަރުދީވެ، އެޙާލުން ނަޖާކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި އިބްތިހާލުވެ، ދުޢާ ދެންނެވުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި

އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފިއެވެ. އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަށް މާލެއާއި 2854 ކިލޯމީޓަރު ދުރުމިނުން ...

އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...

ފުވައްމުލަކުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ފުވައްމުލަކުން  ފެށިގެން އައްޑޫ ސިޓީއާ ހަމައަށް   މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ...