ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ކާމިޔާބެއް ނުކުރެވުނު

އދ ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ނުކުރެވި އެ ގޮނޑި އިންޑޮނޭޝިއާއިން ކާމިޔާބު ކޮށްފިއެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވަރަށް ބޮޑަށް ކެމްޕެއިންކޮށް، އެ ގޮނޑި ލިބޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ސަރުކާރުގެ އިސްފަރާތްތަކުން ދެމުން ގެންދަނިކޮށް މިރޭ އދ ގެ އާއްމު މަޖިލީހުގައި ގެނި ސިއްރު ވޯޓުން ރާއްޖެއަށް ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހުނީ ބޮޑު ތަފާތަކުންނެވެ.

އދ ގެ އާއްމު މަޖިލީހުގައި މިރޭ ނެގި ސިއްރު ވޯޓްގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިއާ ކުރިއަށް އޮތް ދެ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ 144 ވޯޓް ހޯދައިގެންނެވެ. އދ ގެ އާއްމު މަޖިލީހުގައި ނެގި ސިއްރު ވޯޓްގައި ބައިވެރިވެފައިވަނީ 190 ގައުމުންނެވެ.

ކުރިއަށް އޮތް ދެ އަހަރަށް މި ސަރަހައްދުން ރާއްޖެއާއި ވާދަކޮށް އިންޑޮނޭޝިއާއިން ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރި އިރު މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނޭޝިއާއިން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

އދ ގެ ސަލާމަތީ މަޖިލިސް އެކުލެވިގެންވަނީ ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އެއީ ކޮންމެ ދެ އަހަރަކުން އިންތިހާބުކުރާ 10 ޤައުމަކާއި ދާއިމީ ފަސް ޤައުމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދުން ތިލައަކަށް އަރައިފި

މިއަދު ހެނދު މީދޫ ބަނދަރުން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް މީދޫ ބަނދަރު ސަރަހައްދާއި ކައިރީގައި އޮތް ...

ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ...