ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފައްޓަވައިދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ވިދާޅުވީ މިފަދަ މުބާރާތެއް ބާއްވަން އެންމެ ރަނގަޅު މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވި މާތްވެގެންވާ ރަމަޝާން މަސް ކަމަށާއި މި މަސްތެރޭގައި ޤުރުއާން މުބާރާތެއް ބޭއްވުމީ ފެނަކަ އެކަމާމެދު ފަޚުރުވެރިވާ ކަމެއްކަމަށެވެ.

އުމުރުން ތިން އަހަރާއި ސޯޅަ އަހަރުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފެނަކައިގެ މުވައްޒަފުންގެ ދަރީންނަކަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފައެވެ. މި މުބާރާތުގައި ފެނަކައިގެ އެކިއެކި ބްރާންޗުތަކުން ޖުމްލަ 31 ދަރިވަރުން ބައިވެރިވިނަމަވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މި އަދަދު މަދުވެފައިވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ކުރިއަށްގެންދާ މި މުބާރާތަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކޮށް ޤުރުއާނަށް ލޯބި ޖައްސައި ޅަދަރިންގެ ހިތުގައި ޤުރުއާން ކިޔެވުމުގެ ރޫހު އާލާކުރުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށްގެންދާ މުބާރާތެކެވެ.

މިއީ ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންގެ ދަރިންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ މުބާރާތައް ވީނަމަވެސް އަންނަ އަހަރުވެސް މިފަދަ މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

12 ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސަވެފައިވަކަމަށް ކުރިން ކަނޑައަޅާފައިވާ ބާރަ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ...

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ރޭ ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް ...

އަނެއްކާވެސް 13 ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 13 ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ...