މަތީ ޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ނޮވެންބަރު މަހާއި، 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވި މަތީ ޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 10 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެ ދަރިވަރުންނަކީ، އެކައުންޓިންގ އިން 1 ވަނަ ހާސިލުކުރި އައްޑޫ ހައި ސްކޫލްގެ ދަރިވަރުން ކަމަށްވާ ސ. ހިތަދޫ ބިލިމަގުމާގޭ ޢާއިޝަތު އާލާ އިޤްބާލާއި،
ސ. ފޭދޫ ކުމުންޒާނިގޭ ޙުސައިން ރަފްޢާން ސަޢީދާއި، އެކައުންޓިންގ އިން 1 ވަނަ ހާސިލުކުރި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރުން ކަމަށްވާ ޅ.ކުރެންދޫ ނޫރަންގޭ އައިމަން އިބްރާހީމާއި، ތ. ގާދިއްފުށީ ވައިމަތީގޭ ހުޝާމް ޢަބްދުލްޙަމީދާއި، މއ. ގޯލްޑް ހޯޕް އިބްރާހީމް ޝާދިން މުޙައްމަދާއި، ސ. ހުޅުދޫ އަލިމަސްވާދީ މަރްޔަމް އިންޝާ ޒިޔާދެވެ. މަރްޔަމް އިންޝާ ޒިޔާދު ވަނީ އިކޮނޮމިކްސް އިންވެސް މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްފައެވެ.

މީގެއިތުރުން، ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަންގެ ދަރިވަރު މ.ޝަބްނަމްވިލާ މަރްޔަމް އަޒްހާ އިބްރާހީމް ވަނީ ކެމިސްޓްރީ އާއި ފިޒިކްސް، މި ދެ މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.

މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ބިޒްނަސް ސްޓަޑީޒުން 1 ވަނަ ހާސިލުކުރި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރު ސ. ހުޅުދޫ މޭވާގަސްދޮށުގޭ އާމިނަތު އިބާނާ ޝާހިދާއި، އިކޮނޮމިކްސް އިން 1 ވަނަ ހާސިލުކުރި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ދަރިވަރު ގދ. ތިނަދޫ ދިރުން އާސިޔަތު އަޤްޞާ ޢަފީފާއި، ބިޒްނަސް ސްޓަޑީޒުން
1 ވަނަ ހާސިލުކުރި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރު ގ. ސިނަމާލެ
02-14-1 ޙަސަން ސަރާޙް ހިމެނެއެވެ.

މި 10 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދަރިވަރުން މި ހޯއްދެވި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން، ރާއްޖެއަށްވެސް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށާއި، އަދި ކުރިއަށް އޮތް ތާނގައިވެސް ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި މި ދަރިވަރުންގެ އިޚްލާޞްތެރި ޚިދުމަތް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ސޯލޯމިއޯ ” ގެ ރޯދަ ވީއްލުން ވަރަށްތަފާތު ވާނެ

ރޯދަ މަހުގެ ރޯދަ ވީއްލުންތައް ވަރަށް ވާދަވެރިކޮށް އައްޑޫގެ ރެސްޓޯރަންޓްތަކާއި ކެފޭތަކުން ކުރިއަށް ގެންދާ އިރު، ފޭދޫ  “ސޯލޯމިއޯ” ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 17 ސެޕްޓެމްބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކޮށްދެއްވާނީ  ދިވެހިރާއްޖޭގެ އަލިގަދަ ތަރިއަކަށް ހޮވުނު ހަސަން ޒާހިރު

ހުޅުދޫގައި ބޮޑު ޖަމާއަތުގައި މާދަމާ ކުރުމަށް ހަމަޖެހިފައިވާ ފިތުރު އީދު ނަމާދު އިމާމުވެ ކޮށްދެއްވާނީ 2013 ވަނަ އަހަރު ...