ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ކޭބަލް އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފި

ދިވެހި އެއްވެސް ރައްޔިތަކަށް ވޯލްޑްކަޕް ނުފެންނާނެ ޙާލަތެއް މެދުވެރި ނުކުރުމަށް ރާއްޖޭގެ ކޭބަލް ޓީވީ އޮޕަރޭޓަރުންނަށް، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވާ ހަމައެކަނި ފަރާތް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިލްތިމާސްކޮށްފިއެވެ.

ޕީއެސްއެމްއިން މިއަދު ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް ވޯލްޑްކަޕް ފެންނާނެ ގޮތް ހެދުމަށް އެ ކުންފުނިން ހުރިހާ ކޭބަލްޓީވީ އޮޕަރޭޓަރުންނަށް ވޯލްޑްކަޕް ދެއްކުމަށް ބޭނުންވާ ރިސީވަރ އެއްވެސް އަގަކާނުލައި ދޫކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީއެސްއެމްގެ ހުއްދަނެތި ދިވެހިރާއްޖޭގެ ސަރަޙައްދެއްގައި އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ވޯލްޑްކަޕްގެ މެޗުތައް ބްރޯޑްކާސްޓްރުމާއި ރީބްރޯޑްކާސްޓް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

“އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހައި ޑެފިނިޝަން ކޮލިޓީގައި ވޯލްޑްކަޕް ފެންނާނެގޮތް މި ކުންފުނިން ވަނީ އިންތިޒާމްކޮށްފައެވެ. މިގޮތުން ޓެލެވިޜަން މޯލްޑިވްސްއާ ޔޭސްޓީވީއިން ވޯލްޑްކަޕްގެ މެޗުތައް ފެންނާނެއެވެ.” ޕީއެސްއެމްއިން ނެރުނު ޢިއުލާނުގައިއެވެ.

މީގެ އިތުރުން ޕީއެސްއެމްއިން ބުނީ ވޯލްޑްކަޕް ދެއްކުމަށް އެ ކުންފުންޏަށް ލިބިފައިވާ ޙައްޤުތަކަށް އުނިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެފަރާތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނުމެޗް ކާމިޔާބުކުރީ ޓީމް ޓަފްސިކް

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ޓަފްސިކް ކާމިޔާބުކޮށްފިއެވެ. ރޭ ...

އިހަވަންދޫ އިޖްތިމާއީ މަރުކަޒު ނިމިއްޖެ- 31 މަރުކަޒެއްގެ މަސައްކަތް ކުރިއަށް

ބާރުވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން ...

ޓީމް ލިޓަސް ޓީމް ގަރާޖު އަތުނެވެސް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ލިޓަސްއާއި ޓީމް ގަރާޖް ބައްދަލުކުރިމެޗުންވެސް ޓީމް ލިޓަސް ބަލިވެއްޖެވެ. ވާދަވެރި ކުޅުމެއް ...