ދެ ޓީމުގެ އަމާޒުވެސް ތައްޓަށް، މިނިވަންކަޕްގެ ފޯރިގަދަ ފައިނަލުގައި މައިލޯއާއި ލޮތާރި

އައްޑޫސިޓީ ހުޅުދޫގައި  ކުރިއަށްގެންދާ “މިނިވަން ކަޕް ޔޫތު ޗެލެންޖް 2022”  ފުޓްސަލް މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ހިތަދޫ މައިލޯ ސިޓީއާއި މީދޫ ކްލަބް ލޮތާރި ބައްދަލުކުރާ މެޗް މިއަދު ހަވީރު އޮންނާނެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ  ފޯރިގަދަ ފައިނަލާ ހަމައަށް މިދެޓީމް އައިސްފައިވަނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗާއި ސެމީފައިނަލްގައި ކުޅުނު މެޗުވެސް ކާމިޔާބުކޮށް އެއްވެސް ޓީމެއްގެ އަތުން ބަލިނުވެއެވެ.   

ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލާ ހަމައަށް މިދެޓީމް ދަތުރުކުރި ނަމަވެސް މިއަދު ކުޅެވޭ  ފައިނަލްމެޗް އެއްވެސް ޓީމަކަށް ފަސޭހައެއް ވާނެކަމަށް ނުބެލެވެއެވެ.

 މިއަދުގެ މެޗްގައި ކްލަބް ލޮތާރި ޓީމްގެ ކުޅުންތެރީން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ ކުޅުންތެރިއަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް މިހާތަނަށް ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ގޯލާ ރައްޓެހި މައިލޯ ސިޓީގެ ފޯވާޑް ހާޒިމް ފަހުމީ ހިފެހެއްޓުމެވެ.

މިމުބާރާތުގައި  ޑިފެންސްލައިނާއި އެޓޭކް ވަރުގަދަކޮށް ފެނުނު ކްލަބް ލޮތާރި ޑިފެންސް ލައިން ފޫއަޅުވާލާކަށް ގްރޫޕް ސްޓޭޖްގެ މެޗްތަކާއި ސެމީފައިނަލްގައި ގިނަ ގޯލްތަކެއް  ކާމިޔާބުކޮށްފައިވާ މައިލޯ ސިޓީގެ ކުޅުންތެރީނަށް  ފަސޭހަ ވާނެކަމަށް ނުބެލެވެއެވެ. އަދި ކްލަބް ލޮތަރީގެ ކީޕަރު ހުށިޔާރުކަން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ.

މިއަދުކުޅެވޭ ފައިނަލްމެޗްގައި ބައްދަލުކުރާ ދެޓީމްގެ ކުޅުންތެރީންނަށް ބަލާލާއިރު ގިނަ ކުޅުންތެރިންނަކީ އައްޑޫސިޓީގައި ބާއްވާ ފުޓްބޯޅައިގެ ގިނަ މުބާރާތްތަކަކުން ވެސް ފެންނަމުން އަންނަ ކުޅުންތެރިންތަކެކެވެ.

މިއަދުގެ  މެޗަށް ދެޓީމް  ނުކުންނައިރު ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ހުޅުދޫ އެޗްއެސްސީން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތް މިއަހަރު ކުރިއަށް ގެންދަނީ   23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި ...

ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ލިޓަސް ކުޅުނު ދެވަނަމެޗުންވެސް ކާމިޔާބުކޮށްފި

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ...