ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އާދީއްތަ ދުވަހު ފޯމު ބަލައިގަންނަން ފަށަނީ

ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުކަމަށްވާ “ހިޔާ” މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ފޯމު ބަލައިގަތުން އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކުރައްވާ ހައުސިންގ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ފޯމުތައް އާދީއްތަ ދުވަހު ބަލައިގަންނަން ފަށާ އިރު، ފޯމު ހުށަހެޅުމަށް ދޫކުރާ ޓޯކަން ނަމްބަރު އޮންލައިންކޮށް ބެލޭނެ ފަދަ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެއެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ހަފްތާގައި ފްލެޓަށް ފޯމުދޫކުރަން ފަށާފައި ވާއިރު، ފޯމުތައް ބަލައިގަތުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ހިޔާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައެވެ.

އެމަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ފްލެޓް އެޅުމަށް އިއުލާނުކޮށްފައިވާއިރު ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.
ހުޅުމާލޭގައި ތަރައްގީކުރާ އެ 7000 ފްލެޓް ދޭން ހައުސިން މިނިސްޓްރީ އިން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ.

އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ ...

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތް: ޖަރުމަން ޗެމްޕިއަންކަން ހޯދައިފި

ޔޫރޯ އަންޑަރ ޓުވެންޓީވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުޓީމް ހޯދައިފިއެވެ. ޖަރުމަނުޓީމުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ...

ދޮށީއުމުރުގެ މީހުންނަކީ ގަދަރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދާދޭނަން- ރައީސް ސޯލިހު

ދޮށީ އުމުރުގެ މީހުންނަކީ ގަދަރުވެރިކަމާ އެކުގައި ދިރިއުޅެވޭ ބަޔަކަށް  ހަދައި ރައްކާތެރި ވެއްޓެއްގައި ހަށިހެޔޮ، ދުޅަހެޔޮ ކަމުގައި އުޅެވޭނެ ...