އެމް.އީ.ސީ ބަދަހިކަޕް 2020 ގެ ނަމުގައި މީދޫގައި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ

މީދޫ ޗޭނު ޖަމްއިއްޔާއިން  އިންތިޒާމުކޮށްގެން ” އެމް.އީސީ  ބަދަހިކަޕް 2020 ” ގެ ނަމުގައި ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ މެދުގައި ބާއްވާ  ނެޓްބޯޅަ މުބާރާތެއް އަންނަ ނޮވެމްބަރު  11 ގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އަންނަ މަހު ފަށާ މިމުބާރާތުގެ މަޤްޞަދަކީ ހުޅުދޫއާއި މީދޫގެ  އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އާއްމުގޮތެއްގައި  ހުޅުދޫއާއި މީދޫގައި ކުޅިވަރު މުބާރާތްތައް ބޭއްވެމުން ނުދާތީ އަންހެން ކަނބަލުން ކުޅިވަރަށް އަހުލުވެރިކުރުވުން ކަމަށް ޗޭނު ޖަމްއިއްޔާއިން މައުލޫމާތު ދެއެވެ. އަދި މީގެ އިތުރަށް ހުޅުދޫއާއި މީދޫގެ މުވައްސަސާތަކުގެ  މެދުގައި އެކުވެރިކަން އާލާކުރުމަށާއި ނެޓްބޯޅައަށް އޮންނަ ލޯބި އިތުރުކުރުމަކީވެސް މިމުބާރާތުގެ މަޤުޞަދެއްކަމަށް ޗޭނު ޖަމްއިއްޔާއިން މުބާރާތާއިބެހޭގޮތުން އާއްމުކޮށްފައިވާ ގަވާއިދުގައި  ހާމަކޮށްފައިވެއެވެ.

2019 އޮކްޓޯބަރ މަހު ބޭއްވުނު ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް

މިމުބާރާތުގައި ބައިވެރިވާ ކޮންމެ މުވައްސަސާއަކުން މުބާރާތުގައި ބައިވެރިވުމުގެ ފީއެއްފެ ގޮތުގައި 300 ރުފިޔާ ދައްކަވަން ޖެހޭއިރު ނޮވެމްބަރ 11 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި ދެވަނަ ޓީމެއް ފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވަނީ ލީގު ބުރުން 2 ވަނަ ޓީމާއި 3 ވަނަ ޓީމުގެ މެދުގައި އިތުރުމެޗެއް ކުޅުމަށްފަހު އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ.

ހުޅުދޫއާއި މީދޫގެ ޓީމްތަކުގެ މެދުގައި މިދިޔަ އަހަރުވެސް ނެޓްބޯޅަ 3 މުބާރާތެއް ބޭއްވިފައިވެއެވެ. އެއީ  ސްޕަވެލިއުމާޓުން ޝިޔާސާ ރަޝީދު އިންތިޒާމްކޮށްގެން މީދޫ ކަންމާތެ ދަނޑި ސެޕްޓެމްބަރ މަހުގެ ތެރޭގައި ބޭއްވި ނެޓްބޯޅަ މުބާރާތަކާއި ނޮވެމްބަރ މަހުގެ ތެރޭގައި ހެއްޔޯ ނެޓްބޯޅަ މުބާރާތުގެ ނަމުގައި މީދޫ ކުޅިވަރު އެރީނާގައި   ބޭއްވުނު ނެޓްބޯޅަ މުބާރާތެއްގެ އިތުރަށް ހުޅުދޫ ސްކޫލުން އިންތިޒާމްކޮށްގެން ބެލެނިވެރީންނާއި ޓީޗަރުންގެ މެދުގައި އޮކްޓޯބަރ މަހުގެ ތެރޭގައި ބޭއްވުނު ނެޓްބޯޅަ މުބާރާތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗޭނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  މީދޫ ” ކަންމާތެ ދަނޑި” އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީސީއާރާ ނުލައި މިހާރު އައްޑޫސިޓީއަށް ދަތުރުކުރެވޭނެ

ކަނޑައެޅިފައިވާ މިންގަނޑުތަކަށް ކޮވިޑް ވެކްސިން ފުރިހަމަކުރި ރަށްތަކުގެ ލިސްޓްގައި އައްޑޫސިޓީގެ ރަށްތައް  ހިމެނިއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

ޖަރުމަން، ޕޯޗުގަލް މެޗު ސްޓްރީމް ކޮށްލަން ދިރާގުގެ ރަނުގެ ފުރުޞަތެއް

ޖަރުމަން، ޕޯޗުގަލް ބައްދަލުކުރާ ފޯރިގަދަ މެޗު ސްޓްރީމްކޮށްލަން ދިރާގުން މި އޮތީ ރަނުގެ ފުރުޞަތެއް ހުޅުވާލައިފައެވެ. ޔޫރޯ2020 މެޗްތައް ...

ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕް ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ...